ދެންނެވުން
ނަންބަރު: MBA/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި:
25 އޮގަސްޓް 2021 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސީނިއަރ ފިރިހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުން
މިއެސޯސިއޭޝަންގެ ސީނިއަރ ފިރިހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުމަށްޓަކައި ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި ޓްރައި-އައުޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
26 އޮގަސްޓް 2021 (ބުރާސްފަތި) |
20:00 ން 22:00 އަށް |
އެކުވެނި އައުޓްޑޯ ކޯޓް |
27 އޮގަސްޓް 2021 (ހުކުރު) |
20:00 ން 22:00 އަށް |
އެކުވެނި އައުޓްޑޯ ކޯޓް |
28 އޮގަސްޓް 2021 (ހޮނިހިރު) |
20:00 ން 22:00 އަށް |
އެކުވެނި އައުޓްޑޯ ކޯޓް |
ވީމާ، މި ޓްރައި-އައުޓް ތަކުގައި ބައިވެރުވުމަށް ބޭނުންވެލައްވާ ކުޅުންތެރިން އެކުޅުންތެރިއެއްގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު އެނގޭނޭ ގޮތައް 25 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނުގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ.
23 އޮގަސްޓް 2021