ބީލަން
ނަންބަރު: (IUL) GS17 /2021/027
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 29 އޮގަސްޓް 2021 10:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިމަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

1.1    މިމަރުކަޒުގެ ޕްލޭގްރައުންޑްގެ ގޭޓް ހަރުކުރުމަށް ތަޅުން އެޅުމަށް ބޭނުންވެއްޖެއެވެ.

 

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 އޮގަސްޓް 2021 އިން 25 އޮގަސްޓް 2021  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 އޮގަސްޓް 2021  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00  ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

 

5. ބިޑް ހުޅުވުން އޮންނާނީ 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޢިއުލާނައިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.  

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

23 އޮގަސްޓް 2021