- އެތަނެއްގެ އިމާރާތުގެ ގޯތިތެރެއާއި، މަގުމައްޗަށް ނިސްބަތް ކުރެވޭ ސަރަހައްދުގައި ވިނަފަޅާ، ހަޑިވިޔަނުދީ ކަނޑައެޅޭ އުސޫލުން ސާފުކުރުން.
- ކިޔަވައި ދިނުމަށް ބޭނުންކުރާ ތަންތަނާއި، މުވައްޒަފުން މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަން ސާފުތާހިރުކުރުމަށް ކަނޑައަޅާފައިވާ އުސޫލުން ސާފުކުރުން.
- އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއާއި، އެހެނިހެން ވަޞީލަތްތައް އަދި ކުޑަދޮރުތަކުގެ އަދި އެހެނިހެން ބިއްލޫރި އަދި ފަރުނީޗަރ ފަދަ ތަކެތި ކަނޑައެޅޭ އުޞޫލުން ސިއްޙީ ގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
- ކުނިއެޅުމަށް ބަހައްޓާ ވަށިގަނޑުތަކުގައި ހުންނަ ކުނި ދުވަހީ ގޮތެއްގައި ހަމަޖެހިފައިވާ އުޞޫލުން އުކާލުން.
- ފާޚާނާތަށް ސާފުކޮށް ދޮވުން އަދި މިކަމަށް ބޭނުންކުރަންޖެހޭ ސާމާނު ބޭނުންކޮށްގެން ސިއްޙީގޮތުން ރައްކައުތެރިތަނަކަށް ހެދުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަންތަނުގެ ތެރެއިން މޮޕްލައިގެން ސާފުކުރަންޖެހޭ ތަންތަނުގައި ހަފުތާއަކު ތިން ފަހަރު މޮޕްލައި ސާފުކުރުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ ނުވަތަ ތަން ހަލާކުވެފައި ހުރި ނަމަ، އެކަން ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން އަދި ނޯޓްކުރަންޖެހޭ ފޮތެއްގައި / ކަނޑައެޅިފައިވާ ގޮތަކަށް ނޯޓްކުރުން.
- ސައިކޮޓަރި ތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ރީތިކުރުން.
- ފާޚާނާތަކުގައި ހުންނަންޖެހޭ ޓިޝޫއާއި ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ހުންނަންޖެހޭ އެއްޗެއް ނެތްނަމަ އެ އެއްޗެއް ހަމަކުރުން.
10. ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ އާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
11. ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނަރ ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
12. އެތަނަކުން ބާއްވާ ހާއްސަ ރަސްމިއްޔާތުތަކަށް ތަންތަން ތައްޔާރުކުރުމާއި، ޒީނަތްތެރިކުރުމުގައި ބައިވެރިވުން.
13. ފޮޅާ ސާފުކުރުމަށް އެމުވައްޒަފަކައި ހަވާލުކުރެވޭ ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުމާއި އެއެއްޗެތީގެ ރައްކައުތެރިކަން ކަށަވަރުކުރުން.
14. ޔުނިވަރސިޓީގެ މަސައްކަތަކާއި ގުޅިގެން އެހީތެރިކަމަށް އެދެފިނަމަ އެކަމެއްގައި އެއްބާރުލުން ދިނުން.
15. އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
16. މަސްލަހަތު ގެއްލޭފަދަ ކަންކަމުން ދުރުހެލިވެ، އެކުވެރިމާހައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
17. މިނޫންވެސް އެތަނަކުން ޙަވާލުކުރާ މަޤާމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
|