މަސައްކަތް
ނަންބަރު: 25 (IUL)94-Q/1/2021/25
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި:
08 ސެޕްޓެންބަރު 2021 15:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) އިން ފެށިގެން ސްޓާރ ކްލައުޑްސް އިމާރާތް (މ.ޗަންބޭލީވިލާ) 11 ވަނަ ފަންގިފިލާއަށް އޮޕްޓިކް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) އިން ފެށިގެން ސްޓާރ ކްލައުޑްސް އިމާރާތް (މ.ޗަންބޭލީވިލާ) 11 ވަނަ ފަންގިފިލާއަށް އޮޕްޓިކް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 15:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅުން އޮންނާނީ 08 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 15:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޔުނިޓް (ވެލާނާގެ 01 ވަނަ ފަންގިފިލާ) ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
22 އޮގަސްޓް 2021