ކުއްޔަށް ހިފުން
ނަންބަރު: (IUL) GS17 /2021/026
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 26 އޮގަސްޓް 2021 13:30
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުމާއި ގުޅޭ

ކޮޓަރިއެއް ކުއްޔަށް ހިފުމާއި ގުޅޭ

 

  1. މިސްކޫލަށް 01 ކޮޓަރި /އެޕަރޓްމެންޓް (ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗާއިއެކު، ކައްކާ ބައި ހިމެނޭ ގޮތަށް) 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަން ހިފަން ބޭނުން ވެއްޖެއެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު އަރުވަމެވެ.

2. މަޢުލޫމާތު ދިނުން:     

       މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 24 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ  13:30އަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.

 

3. އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

 

       އެޕާރޓްމެންޓް / ކޮޓަރި  ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 26 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި ސުކޫލް އޮފީހުގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

 

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

22 އޮގަސްޓް 2021