ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލްގެ ލޯގޯ ހެދުމަށް މިކައުންސިލުން ކުރިން ކޮށްފައިވާ އިޢުލާނުގައި ދީފައިވާ ބައެއް މަޢުލޫމާތުގައި ކުށް ހުރުމުގެ ސަބަބުން އިޢުލާން ނަންބަރު (IUL)286-PRJ/286/2021/59 ބާޠިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފާރާތްތަކުން މިކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަން ބޭނުންވާ ސިފަތާކާއި އެކު މާދަމާ (23 އޮގަސްޓް 2021) އިން ފެށިގެން ރަސްމީ ބަންދުނޫން 07 ދުވަސް ތެރޭގައި ލޯގޯހަދާ މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ލޯގޯ ހުށައަޅަންވާނީ ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްގެންނެވެ. އަދި ސަބްޖެކްޓުގައި "ކައުންސިލުގެ ލޯގޯ" މިހެން އަދި މި އިޢުލާނުގެ އިޢުލާނު ނަންބަރު ހިމަނަންވާނެއެވެ. މިގޮތުން ހުށައަޅާ ލޯގޯގެ png ފައިލް، jpg, jpeg ފައިލް ހިމެނުމުގެ އިތުރުން ލޯގޯ ހެދުމަށް ބޭނުންކުރާ ޚާއްސަ ޓޫލް (ކޮރަލްޑްރޯ، އެޑޯބީ، ޕަބްލިޝާރ، އޮޓޯކެޑް ފަދަ)ގެ ރޯ ފައިލް ހިމަނަންވާނެއެވެ.
ލޯގޯގެ ސްޕެސިފިކޭޝަން:
ލޯގޯގެ ކުލަ:
- ލޯގޯގެ ކުލައިގެ ގޮތުގައި ކައުންސިލުން ފާސްކޮށްފައިވަނީ ގަދަނޫކުލައާއި ރީނދޫކުލައެވެ. އަދި އެކި ރޭންޖްތަކުން މި ދެކުލަ ރަމްޒުކޮށްދޭ ކުލަ ކޯޑުތައް ނެގިދާނެއެވެ.
- ލޯގޯގެ ކުލަ މިހެން ނިންމާފައިވީނަމަވެސް ގުދުރަތީ ތަންތަނާއި ތަކެތި އެ ތަކެތީގެ ކުލައިގާ ރަމްޒުކުރުން މައްސަލައެއް ނެތެވެ.
- ލޯގޯގެ ބޯޑަރ، ސްޓްރޯކްތައް، އައުޓްލައިންތައް، ލޭޔަރުތައް ފަދަ ތަކެތި ހުންނަންވާނީ ކައުންސިލުން ފާސްކޮށްފައިވާ ދެކުލަ ރަމްޒުކޮށްދޭ ކުލަތައް ހިމެނިފައެވެ. އިތުރުކުލަތައްވެސް މިތަފްޞީލުތަކުގައި ހިމެނުމަކީ ކުރެވިދާނެ ކަމެކެވެ.
ލޯގޯގެ ތީމް:
- ކެނދިގަހުގެ ކެނދި ، ކޯރުތަކާއި އެތަނުގެ މާހައުލު ރަމްޒުކޮށްދޭ ދިރޭތަކެއްޗާއި، ކަނޑޫ، ރަނދޫ، ޗަކަބިންތަކާއި، ތަކަފަތި، އަދި ކޯރުގައި އުޅޭ ހާއްސަ މަހެއްކަމަށްވާ ބޭނގު ލޯގޯގައި ހިމެނިދާނެއެވެ. އަދި ލޯގޯ ފަރުމާކުރުމުގައި ސަގާފީވަންތަކަމާއި ދިވެހިވަންތަކަމަށް އިސްކަންދޭންވާނެއެވެ.
ލޯގޯގެ ނަން އަދި އިތުރު ތަފްޞީލް:
- ލޯގޯގައި، "މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ" ރަމްޒުކުރާ (ކެނދިކުޅުދޫ ކައުންސިލް (Kendhikulhudhoo Council)، ނ. ކެނދިކުޅުދޫ ކައުންސިލް(N. Kendhikulhudhoo Council)، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް(Secretariat of the Kendhikulhudhoo Council, South Miladhunmadulu)) ދިވެހި ނުވަތަ އިނގިރޭސި އަކުރުން ނަން ލިޔެވިދާނެއެވެ. އިނގިރޭސި އަކުރުން ލިޔުމުގައި ކެޕިޓަލް އަކުރު ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. ލޯގޯގެ ކޮންމެ ހިސާބެއްގައި ނުވަތަ ކޮންމެ އޮރިއެންޓޭޝަން އެއްގައިވެސް ނަން ލިޔެވިދާނެއެވެ. ނަން ލިޔުމުގައި ތަފާތު އަދި ރީތި ޑިޒައިންތަކުގެ ފޮންޓް ހިމެނިދާނެއެވެ.
- ލޯގޯގެ ސައިޒް 3 އިންޗި 3 އިންޗިއެއްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މިކައުންސިލުން ބޭނުންވާ ސައިޒްއަކަށް ފިކްސް ކުރެވޭގޮތައް ހުންނަންވާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފާރާތްތަކުން މިކައުންސިލުން ކަޑައަޅާ މިންގަޑުތަކާއި ހިމަނަންބޭނުންވާ ސިފަތާކާއި އެކު 07 ދުވަސް ތެރޭގައި ލޯގޯހަދާ މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ކައުންސިލުން ހިޔާރުކުރާ އެންމެ ރީތި/ރަނގަޅު ލޯގޯއަކަށް 5000 ރުފިޔާގެ އިނާމެއް ދެވޭނެއެވެ.
މިކައުންސިލުން މިކަމާ ގުޅިގެން ކުރިން ކޮށްފައިވާ އިޢުލާނަށް ލޯގޯ ހުށައަޅާފައިވާ ފަރާތްތަކުންވެސް އަލުން ލޯގޯ ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
14 މުޙައްރަމް 1443
22 އޯގަސްޓް 2021