ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)305-CA305/305/2021/52
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 29 އޮގަސްޓް 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޓީ ޓެކްނިޝަން (ކޮންޓެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އައިޓީ ޓެކްނިޝަން (ކޮންޓެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ މުއްދަތު:

2(ދޭއް) އަހަރު

މަޤާމުގެ ގިންތި

ކައުންސިލްގެ ވަގުތީ

މަޤާމުގެ ރޭންކް:

ޖީ.އެސް4

މަޤާމުގެ ކުލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ، ރ. މާކުރަތު

ސެކްޝަން

ކޯޕަރޭޓިވް އެފެއާރޒް ޔުނިޓް (ޔުނިޓް ބީ)

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް

1-  އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

2-  ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތްތައް

3-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  3. ކައުންސިލް އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓެކްނިކަލް ދާއިރާއިން ހުއްޓުމެއް ނާންނާނެހެން ސްޕަވައިޒަރުގެ އިރުޝާދާއި އެކު މަސައްކަތް ކުރުން
  4. ކައުންސިލްގެ ޕޮލިސީއާއި އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި ސެކިއުރިޓީ ބެލެހެއްޓުން އަދި ކައުންސިލް އިދާރާއަށް އަލަށް ވަންނަ މުވައްޒަފުންނަށް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން އެކްސެސްތައް ދިނުމާއި އެ މުވައްޒަފަށް އީމެއިލް އަދި ކޮމްޕިއުޓަރ ލޮގްއިން ހަދައިދީ ޙަވާލުކުރުން.
  5. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއިއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަ ކުރުމަށްޓަކައި ހިންގަންޖެހޭ އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން
  6. އިދާރާގެ ސަރވަރތައް ބެލެހެއްޓުމުގައި އެހީތެރިވުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް ސަރވަރތަކުގެ ޖާގަ ފުރޭތޯ ބެލުމާއި ބޭނުންވާ ފައިލްތައް ސަރވަރގައި ހުރޭތޯ ބަލައި އެތަކެއްޗާމެދު ޔުނިޓު ހިންގަވަން ހުންނަވާ މުވައްޒަފަކު ދެއްވާ އިރުޝާދުގެ ދަށުން ޢަމަލު ކުރުން.
  7. އިދަރާގެ ކޮމްޕިއުޓަރ ނެޓްވޯކް ބެލެހެއްޓުމާއި، ޕީ.އޭ.ބީ އެކްސް ސިސްޓަމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން އަދި އިދާރާގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތައް ބެލެހެއްޓުން
  8. ގަވަރމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމުގައި މި ކައުންސިލުން ކުރަންޖެހޭ ކަންކަންކުރުން.
  9. އިދާރާއަށް އަލަށް ގެނެވޭ ކޮމްޕިއުޓަރ ސިސްޓަމްތައް ސެޓްއަޕްކޮށް، ސޮފްޓްވެއަރ އިސްޓޯލް ކުރުމާއި އެ ސިސްޓަމްތައް ބަހައްޓަންޖެހޭ މުވައްޒަފަކަށް ސިސްޓަމް ބަހައްޓައި ދިނުން
  10. ކައުންސިލްގެ އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުން ހިންގާ ތައްތަނުގައި ހުރި ކޮމްޕިއުޓަރުތަކާއި ކޮމްޕިއުޓަރު ނެޓްވޯކު ރަގަޅަށް ބެލުމާއި ދިމާވާ އެންމެހާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލު ކުރުން
  11. ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ކޮމްޕިއުޓަރުތަކާއި އައިޓީ އިކްވިޕްމަންޓްސް ތަކުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓު.
  12. ކައުންސިލް އިދާރާގެ ސަރވާރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން. އަދި އައިޓީއާއި ގުޅުންހުރި ޓެކްނިކަލް ސަޕޯޓް ދިނުން (ޓްރަބަލް ޝޫޓްކުރުން)
  13. އިދާރާއިން ހިންގާ ކަންތައްތަކަށް އައި.ޓީ އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ސަޕޯޓް ދިނުމާއި، އިދާރާއަށް ހޯދަން ބޭނުންވާ އައިޓީ އާއި ބެހޭ ތަކެތި ހޯދުމަށް ދޭންޖެހޭ ސަޕޯޓް ދިނުން
  14. އިދާރާގައި ބޭނުންކުރާ އެޕްލިކޭޝަންތައް އިސްޓޯލް ކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  15. އިދާރާގެ އައިޑީކާޑު ކަލެކްޓިންގ ޕޮއިންޓްގެ ޚިދުމަތް ހަރަދަނާކޮށް ބެލެހެއްޓުމާއި، އައިޑީ ކާޑުގެ ހެއްދުމަށް އަންނަ މީހުންގެ ފޯމު ޗެކްކޮށް ފޮޓޯ، އިނގިލީގެ ނިޝަން އަދި ސޮއި ނަގާ ދުވަހުން ދުވަހަށް ޑިޕާރޓްމްނަޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވުން.
  16. ޕާސްޕޯޓް އަދި ސްޓޭމްޕް ސައިޒްގެ ފޮޓޯ ނެގުމަށް ޚިދުމަތް ދިނުމާއި މި ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ބެލެހެއްޓުން.
  17. އިދާރާގެ ކޮމްޕިއުޓަރތަކަށާއި ނެޓުވޯކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ދިނުމާއި ހައްލު ނުކުރެވޭފަދަ ކަމެއް ނަމަ ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވެރިއެއްގެ އިރުޝާދުގެ މަތިން މައްސަލަ ހައްލުކުރުން.
  18. އިދާރާގެ އެތެރޭގެ ވިޔުގަތަކާއި، ސަރވަރ، އަދި އެހެނިހެން ވިޔުގަތައް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން
  19. ކޮމްޕިއުޓަރުތަކުގައި ސޮފްޓްވެރަރއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ސޮފްޓްވެއަރ  އަޅައި އެ ބޭނުން ކުރެވޭނޭ ގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ މުވައްޒަފުން ތަމްރީނު ކުރުން
  20. އިދާރާގެ ކޮމްޕިއުޓަރތަކަށް ބޭނުންވާ އެންޓިވައިރަކާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން.
  21. ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ހިންގާ ތަންތަނުގައި ކޮމްޕިއުޓަރު، ޕްރިންޓަރު އަދި ފޮޓޯ ކޮޕީ މެޝިން ސައުންޑް ސިސްޓަމް ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން
  22. ކައުންސިލުގެ އިދާރާއިން ބާއްވާ އެކިއެކި ރަސްމިއްޔާތު ތަކުގެ ސައުންޑް ސެޓަޕާއި ސްޓޭޖް ސެޓަޕް ހަދާ ބެލެހެއްޓުން އަދި އެކިއެކި އިވެންޓްތަކާއި ބައްދަލުވުންތަކުގެ ފޮޓޯތައް ނަގާ ފޭސްބުކް ޕޭޖަށް އަޕްލޯޑުކޮށް ބެލެހެއްޓުން އަދި ސޯޝަލް މީޑިއާ ޕްލެޓް ފޯމު ބެލެހެއްޓުމާއި ވެބުސައިޓު ބެލެހެއްޓުން
  23. ކައުންސިލާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ މެޝަނަރީ އިކްވިޕްމަންޓްސް ތައް މަރާމާތުކޮށް ބެލެހެއްޓުން
  24. ހުރިހާ އިންޓަރނަލް/ އެކްސްޓަރނަލް ސިސްޓަމްތައް ބަލަހައްޓާ ޔޫސަރސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ސަޕޯޓް ފޯރުކޮށް ދިނުމާއި، ދުވަހުން ދުވަހަށް ސިސްޓަމްތައް މޮނީޓަރ ކުރުން، ހަރޑްވެއަރ އެޕްލައިންސްތައް ރަނގަޅުތޯ ބަލައި ޗެކު ކުރުން
  25. ސްޓޭންޑަރޑް ކޮންފިގަރޭޝަންތައް ބަލަހައްޓާ، ކައުންސިލާއި އީ ގަވަމަންޓް ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ބެލެހެއްޓުން
  26. ކައުންސިލް އިދާރާގެ ނެޓުވޯކް ސިސްޓަމާއި ޓެލެފޯނު ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން
  27. އިދާރާގެ އައި.ސީ.ޓީ ސެކިއުރިޓީ ބެލެހެއްޓުމާއި މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން
  28. ކައުންސިލާއި ކައުންސިލްގެ އިދާރާއިން ރާވާ އިންތިޒާމުކުރާ ކަންކަމުގައި ބައިވެރިވުން އަދި އިދާރާގެ އިވެންޓްތަކުގެ ކޮންސެޕްޓް ހެދުމާއި އިސްތިހާރުތައްހެދުން، ކައުންސިލުން ކުރިޔަށް ގެންދާ ބައްދަލުވުން ތަކާއި ޓްރޭނިންގ ތަކުގައި އައި.ޓީ ގެ ފަންނީ އެހީ ދިނުން
  29. އިދާރާގެ ގްރެފިކްސް އަދި މަލްޓިމީޑިއާއާއި ގުޅުންހުރި އެންމެހައި މަސައްކަތް ކުރުން
  30. ކައުންސިލުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި އިދާރާއިން ތައްޔާރުކުރާ އެހެނިހެން ޑޮކިއުމަންޓްސްތަކުގެ ލޭއައުޓު ހެދުމާއި ފޯމެޓް ކުރުމާއި، ކައުންސިލުން އާންމުން ހޭލުން ތެރިކުރުމަށް ބޭނުންވާ ޕޯސްޓަރ، ލީފްލެޓް އިސްތިހާރު ހެދުން
  31. އިދާރާގެ އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ ކަވަރ ކުރުން އަދި ކައުންސިލުގެ ފޭސްބުކް ޕޭޖަށް އަޕްޑޭޓް ކުރުން
  32. ޕްރޮކިއުމަންޓަށް ބޭނުންވާ އައި.ޓީ އާއި ގުޅުންހުރި ތަކެތި ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާއިބެހޭ މަޢުލޫމާތު ފޮރުކޮށް ދިނުން
  33. ކޮރަލް ޑްރޯ، ފޮޓޯ ޝޮޕް، ސަރވަރ ސައިޑް މަސައްކަތް އަދި މިނޫންވެސް ގްރެފިކްސްގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސޮފްޓްވެއަރތަކުގެ މަސައްކަތްތައް ކުރުމާއި، އިދާރާއަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަންޖެހިއްޖެ ޙަލަތުގައި އެމަސައްކަތް ކުރުން
  34. ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އިދާރާއާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ ޓީމުތަކާއި ދައުލަތުގެ ވެރިން ރަށަށް ޒިޔާރަތްކުރުމާއި ގުޅިގެން އެފަރާތްތަކަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތައް ކައުންސިލް އިދާރާގެ ވެރިން ނުވަތަ ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  35. ކައުންސިލުން ކުރުމަށް ނިންމާ ރަށު ތަރައްޤީއަށްކުރާ މަސައްކަތްތަކާއި، ކައުންސިލުން ދޭންޖެހޭ ޚިދުމަތާކާއި ގުޅިގެންކުރާ މަސައްކަތްތައް އަދި ކައުންސިލަށް އިތުރުވާ ބައެއް އައު މަސައްކަތްތައް ކައުންސިލުން ނުވަތަ ސްޕަވައިޒަރު އަންގާ އުސޫލެއްގެ މަތިން ކުރަމުން ގެންދިއުން.
  36. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާ އަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން.
  37. އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
  38. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ކައުންސިލްގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ޙަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-  ކޮމްޕިއުޓަރ ސައިންސް

-  ޕްރިފަރޑް ޑިސިޕްލިން : ނެތް

-  މަޤާމަށް ކޯ ޑިސިޕްލިން : ކޮމްޕިއުޓަރ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-  އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމް

35

15

20

ޕްރިފައިޑް ޑިސިޕްލިންގެ ސެޓުފިކެޓު

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޙާނު / ޕްރެކްޓިކަލްސް

50

20

70

އިންޓަރވިއު

100

50

ޖުމްލަ

210

100

100

 ނޯޓު: މަޤާމަށް އައްޔަން އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހިރހާ ބަޔަކުން ޖުމުލަ %35 (ތިރީސް ފަހެއް އިންސަތައް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 އޯގސްޓް 2021 އާއި 09 ސެޕްޓެމްބަރ 2021 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

-  މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009830 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

-  މިއީ ސިވިލް ސަރވިސްގެ ރަސްމީ އޮނިގަނޑުގައި ހިމެނޭ ދާއިމީ މަޤާމެއް ނޫނެވެ.

14 މުޙައްރަމް 1443

22 އޮގަސްޓް 2021