ދިވެހިރާއްޖެ
އެކިއެކި އޮފިސްތަކުން ނާއި ތަންތަނުން މިކައުންސިލް އިދާރާއަށް ގެންނަންޖެހޭ ތަކެތި ނަގާ މިކައުނސިލަށް ޑެލިވަރީ ކޮށްދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިދާރާއަށް ވަޑައިގެންނެވެން ނެތްފަރާތް ތަކުން މިކައުންސިލުގެ ނަމްބަރު 6720600 ފޯނަށް ގުޅުއްވާ ނުވަތަ[email protected] އީ- މެއިލްގެ ޒަރިއްޔާ އިންވެސް މި ދެންނެވި ތާރީޚް ގައި މަޢްލޫމާތު ސާފުކުރެވިދާނެއެވެ.
ގަޑި |
ދުވަސް |
ތާރީޚް |
ތަން |
ތަފްޞީލް |
10:00 |
ހޯމަ |
02 ސެޕްޓެމްބަރ 2021 |
މި އިދާރާގެ ޖަލްސާކުރާ މާލަމް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
10:00 |
ބުރާސްފަތި |
12 ސެޕްޓެމްބަރ 2021 |
މި އިދާރާގެ ޖަލްސާކުރާ މާލަމް |
އަންދާސީ ހިސާބު ހުށަހެޅުން |
މަޢްލޫމަތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަން ވާނެއެވެ.