ދިވެހިރާއްޖެ
އިޢްލާން
އަލަށް ކުނިކޮށީ އަޅާ ބިމުގައި ހުރި ރުއްގަހުގެ ވެރިންފަރާތް ހޯދުމާބެހޭ
ސަރުކާރުން ކިނބިދޫގައި އަލަށް ޢިމާރާތްކޮށް ދެއްވުމަށް ހަމަޖެހިފައިވާ ކުނިކޮށި އަޅާ ބިމުގައި ހުރި ރުއްގަހާއި ކުނިކޮށްޓަށް ދާ މަގުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށާއި އެރުއްގަހުގެ ބަދަލު ފައިސާ ގެންދިއުން އެދި މިއިދާރާއިން ކުރި ނަމްބަރ 393/393/2021/35 (29 ޖޫން 2021) ގެ އިޢްލާނާއި ގުޅިގެން މިހާތަނަށް ވެރިފަރާތް އަންގައި ބަދަލު ފައިސާ ނުގެންދަވާ ގިނަ ފަރާތްތަކެއްގެ ރުއްގަސް އަދިވެސް އެބަހުއްޓެވެ. އެރުއްގަހުގައި މިއިދާރާއިން ރެޑްއޮކްސައިޑް ދަވާދުން 01 ން ފެށިގެން 103 އަށް ނަމްބަރ ހުންނާނެއެވެ.
ވީމާ، ދަންނަވަމެވެ. މިހާތަނަށް ރުއްގަހުގެ ބަދަލުފައިސާ ނުގެންދަވާ ފަރާތްތަކުން އެމީހެއްގެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރ ބަޔާންކޮށް 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި މިދެންނެވި މުއްދަތުގެފަހުން ރުކުގެ ބަދަލު ހޯދުމަށް ހުށަހަޅާ އެއްވެސްފަރާތަކަށް މި ކައުންސިލުން ޒިންމާވެގެން ބަދަލު ފައިސާ ހަމަޖައްސައިދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
11 މުޙައްރަމް 1443
19 އޮގަސްޓް 2021