މަސައްކަތް
ނަންބަރު: (IUL)248-ED/248/2021/56
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 25 އޮގަސްޓް 2021 11:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އަލަށް އިތުރު ކުރެވުނު ބައިގައި ޕާޓިޝަން ޖެހުމާއި ގުޅޭ

      މިއިދާރާގެ އިމާރާތަށް އަލަށް އިތުރުކުރެވުނު ބައިގައި ޕާޓިޝަން ޖެހުމަށް ބޭނުން ވެއްޖެއެވެ.

      ވީމާ، މިމަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 25 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ   11:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު 31 އޮގަސްޓް 2021 ވަ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

      މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ސިޓީއުރައިގެ ބޭރުގައި ލިޔުއްވައިފައެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 އޮގަސްޓް 2021