މަސައްކަތް
ނަންބަރު: GS138/IUL/2020/P10
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 26 އޮގަސްޓް 2021 12:00
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

  • މި ސުކޫލްގައި ހުރި، ތިރީގައި މި ދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ:

 

1-     އޮފީސް ޢިމާރާތް އަދި އައިސޮލޭޝަން ރޫމްގެ އެތެރެ އާއި ބޭރުން ފާރުން ވެލި ފައިބައިފައިވާ ސަރަޙައްދުގެ ސިމެންތި ކޮށާ އަލުން ސިމެންތި ޖެހުން. އަދި އެތެރެ ފާރު ތަކުގައި ތަޅުމުން ފެށިގެން 03 ފޫޓަށް މުށިޖެހުން

 

2-     ސްކޫލްގެ ދެކުނުން އިރުމަތި 02 ކުލާސް ރޫމް ( ގްރޭޑް 3&2 ، ގްރޭޑް 4 ) ގެ އެތެރެ އާއި ބޭރުންފާރުން ވެލި ފައިބައިފައިވާ ސަރަޙައްދުގެ ސިމެންތި ކޮށާ އަލުން ސިމެންތި ޖެހުން. އަދި އިރުމަތި ކުލާހުގެ އިރު ދެކުނު ކަނުން ކަނޑައިގެން ގޮސްފައިވާ ސަރަޙައްދަށް ކޮންކްރިޓް އަޅާ ބެއްދުން އަދި އެތެރެ ފާރު ތަކުގައި ތަޅުމުން ފެށިގެން 02 ފޫޓަށް މުށިޖެހުން އަދި މި ކުލާސްބަރީގެ ހުޅަނގު ދެކުނުން އަސްކަނި ސީލިންގުން ހަލާކުވެފައިވާތަން މަރާމާތު ކުރުން 

 

  • މި ދަންނަވާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

 25 އޮގަސްޓް 2021 ވަނަ ދުވަހުގެ 12:00 ގައި ސްކޫލްގެ އޮފީހުގައި

30 އޮގަސްޓް 2021 ވަނަ ދުވަހުގެ 12:00 ގައި ސްކޫލްގެ އޮފީހުގައި

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައި ކޮންމެ މަސައްކަތެއްގެ އަގު ވަކިވަކިންނެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ: 6600010 / 7925190 ނަންބަރު ފޯނާއެވެ.

 

22 އޮގަސްޓް 2021

22 އޮގަސްޓް 2021