ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)475/475/2021/188
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 12 ސެޕްޓެންބަރު 2021 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އައި.ޓީ އިކުއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ (އަލުން އިއުލާންކުރުން)

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475-PMU/475/2021/188

އިއުލާން

 އައި.ޓީ އިކުއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ (އަލުން އިއުލާންކުރުން)

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ބިޒްނަސް އިންކިއުބޭޝަން ސެންޓަރަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓް ގަނެދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު  (IUL)475-PMU/475/2021/178 ނަންބަރު އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑް އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑް އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00އަށް ފެން ބިލްޑިން، ހަތަރުވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ފެން ބިލްޑިންގް، 4 ވަނަ ފަންގިފިލާ

އީމެއިލް : [email protected]     

ފޯން: 306982/3026975

 

ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

 

22 އޮގަސްޓް 2021