މަސައްކަތް
ނަންބަރު: (IUL)RS/1/2021/213
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި:
26 އޮގަސްޓް 2021 12:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުވަހުންދުވަހަށް ކުރަންޖެހޭ ކުދި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ދުވަހުންދުވަހަށް ކުރަންޖެހޭ ކުދި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
- މި ސްކޫލްގެ ދުވަހުންދުވަހަށް ކުރަންޖެހޭ ކުދި މަރާމާތު މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިޕުރޮޖެކްޓަށް ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކްސް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮގަސްޓް 26 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ މެއިލް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 28 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2021 އޮގަސްޓް 31 ވާ އަންގާރަ ދުވަހުގެ 11:00 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3359902، 3359900
އީ-މެއިލް: [email protected]
22 އޮގަސްޓް 2021
22 އޮގަސްޓް 2021