ޢާންމު މަޢުލޫމާތު
ނަންބަރު: GS05-C /IUL/2021/05
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 22:23
ސުންގަޑި:
31 އޮގަސްޓް 2021 11:30
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފާޚާނާ އިމާރާތްކުރުން
- މި މަރުކަޒުގެ ޕްރައިމަރީ ސްޓާފް ރޫމް ފާޚާނާއާއި އިންވެގެން އިތުރު ފާޚާނާއެއް ހެދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮގަސްޓް 22 އިން 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 އޮގަސްޓް 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 2021 އޮގަސްޓް 31 ވާ އަންގާރަ ދުވަހުގެ 11:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު
ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.
ފޯން:6820029
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
1442 A 11
19 އޮގަސްޓް 2021
19 އޮގަސްޓް 2021