ދިވެހިރާއްޖެ
މިރަށުގެ ހުސްބިންތަކާއި، މަގުތައްމަތީގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެއްޗާއި، ޢިމާރާތްކޮށްފައިވާ ތަންތަން، އަދި ބިމާ ގުޅޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި ޚިލާފަށް ބޭނުން ކުރަމުންދާ ބިންތައް، ނެގުމަށް 90 (ނުވަދިހަ) ދުވަހުގެ މުހުލަތެއް ދިނުމަށް ކައުންސިލްގެ ނަންބަރު: 383-04/2021/34 (18 އޮގަސްޓް 2021) ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެއްޗާއި އިމާރާތްކޮށްފައިވާ ތަންތަން އަދި ބިމާ ގުޅޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި ޚިލާފަށް ބޭނުން ކުރަމުންދާ ބިންތައް މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނަގައި ބިން ސާފުކުރުމަށް އެފަދަ ތަންތަނާއި ތަކެތީގެ ވެރިފަރާތްތަކަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މި މުއްދަތު ތެރޭގައި ނުނަގައިފިނަމަ ކައުންސިލުން ނިންމާގޮތެއްގެ މަތީން އެފަދަ ތަންތަނާއި، ތަކެއްޗާމެދު ޢަމަލުކުރަމުން ގެންދާނެވާހަކަ ދެންނެވީމެވެ. މިފުރުޞަތުގައި ބިމާ ގުޅޭގޮތުން ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ބިން ބޭނުން ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.