ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2021/33
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 20:54
ސުންގަޑި: 29 އޮގަސްޓް 2021 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުކުޅުކޮށި ކުއްޔަށް ދޫކުރުން:

         މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި "ކުކުޅުކޮށި " އިމާރާތާއި ބިން 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ  އެފުރުޞަތު ހުޅުވާލަމެވެ.

        މިބިމާއި ގުޅޭ އިތުރު ތަފްސީލް މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާހާއި ،އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ،ވެބުސައިޓުން (www.fnc1.gov .mv  ) ނާއި އަދި ފޭސްބުކު ޕޭޖުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2021 އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

      ވީމާ މި ބިން ހޯއްދެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2021 އޮގަސްޓް 29 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 

 

11 މުޙައްރަމް 1443

19  އޮގަސްޓް 2021

19 އޮގަސްޓް 2021