މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/MMPRC/2021/31
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 26 އޮގަސްޓް 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                   ނަންބަރު : IUL)MMPRC-PRO/MMPRC/2021/31) 

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ " މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2021" އަދި "ޕްރޮޑަކްޓް ޑައިރެކްޓަރީ 2021" ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓް 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓް 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮ ފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: To hire a party to print Maldives Destination Guide & Product Directory for the year 2021

 

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރެވުން އެދެމެވެ.

 

އީމެއިލް އެޑްރެސް: [email protected] copy to [email protected]

ނަން: އަހުމަދު ސާއިފް

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮކިއުމެންޓް

 

 

                      09  މުޙައްރަމް 1442

                      19  އޮގަސްޓް  2021

 

19 އޮގަސްޓް 2021