ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS-153/2021/15
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 22 އޮގަސްޓް 2021 12:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓް، ބެޗްލާރސް ޑިގްރީ އަދި މާސްޓާރސް ލެވެލްގެ ކޯސްތަކުގައި ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އިން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

Management of Disease II

Reproductive Health for Primary Health Care

Computer Application in Health

Health Economics

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާއިން ބެޗްލާރސް ޑިގުރީ ހާސިލްކޮށްފައިވުމާއި އެކު ޓާރޝިއަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ( ކިޔަވައި ދެއްވަން ބޭނުންވާ މާއްދާ ބަޔާންކޮށް )

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތަށެވެ.  

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުން އެދެމެވެ.  

ސުންގަޑު

22 އޮގަސްޓް 2021 (އާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

19 އޮގަސްޓް 2021