ދިވެހިރާއްޖެ
މިއަތޮޅު އިޙުތިސާސްގައި ހިމެނޭ ރަށްތަކުގެ ( ތޮއްޑޫ، ރަސްދޫ އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ ) ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، އުޅަނދުފަހަރުގައި ބޯފެން އުފުލުމާއި ބެހޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ "ރައްކާތެރި ގޮތުގައި އެއްތަނުން އަނެއް ތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު" އާއި އެއްގޮތަށް ބޯފެން ފޯރުކޮށްދެވޭނެ ފަރާތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2021 އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން 2021 އޮގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު، 8:30 އިން 13:00 އާ ދެމެދު، 6660606،6660034 ނަންބަރު ފޯނާ ގުޅުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް، މަޢުލޫމާތު ސީޓް (ރައްކާތެރި ގޮތުގައި އެއްތަނުން އަނެއް ތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު) އަދި ބިޑް ޑޮކިއުމަންޓް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއެކު 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ޕްރީބިޑްގ މީޓިންގްގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
ބީލާން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2021 ސެޕްޓެމްބަރ 06 ވާ ހޯމަ ދުވަހުގެ، 13:00 އެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، މަޢުލޫމާތު ހިމެނޭ ގޮތަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. މިތާރީޚްގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 06 ވާ ހޯމަ ދުވަހުގެ، 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހަޅާ ބީލަން ހުންނަންވާނީ މަޢުލޫމާތުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.