ދިވެހިރާއްޖެ
(IUL)120-D/2021/49 ނަމްބަރު
އިޢުލާން
ޢާންމު އިމްތިޙާނު ބޭއްވުން ހުއްޓާލުން
މި ޑިޕާޓްމަންޓުން ބާއްވަމުންއައި "ޢާންމު އިމްތިޙާނު" ތަކުގެ ތެރެއިން ބައެއް އިމްތިޙާނުތަކުގައި މީހުން ބައިވެރި ނުވުމާއި، ދެންހުރި އިމްތިޙާނުތަކުގައި ބައިވެރިވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް މަދުކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ޢާންމު އިމްތިޙާނުގެ ގޮތުގައި ދެވޭ އިމްތިޙާނުތަކަކީ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މަތީތަޢުލީމުދޭ އެހެނިހެން މުއައްސަސާތަކުން މިހާރު ކުރިޔަށް ގެންދާ އިމްތިޙާނު ތަކެކެވެ.
އެހެންކަމުން، މި ޑިޕާޓްމަންޓުން ބާއްވަމުން ގެންދިޔަ އާންމު އިމްތިޙާނުތައް 2022 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ނުބާއްވާގޮތަށް ހަމަޖެހިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ހުއްޓާލަން ހަމަޖެހިފައިވާ އިމްތިޙާނުތަކަކީ:
- ހުކުރުކުރުން
- މިސްކިތު މުދިމުކަން
- ޖަމާޢަތްތެރިކަން
- ސެކްރެޓަރީކަން
- ކާތިބުކަން
- ޕިޔޯނުންގެ ސަރުދާރުކަމާއި އިނިސްޕެކްޓަރކަން
11 މުޙައްރަމް 1443
19 އޮގަސްޓް 2021