ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FA/2021/24
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 26 އޮގަސްޓް 2021 16:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޥޯލްޑް ވެލިއުސް ސާރވޭއަށް އެނިއުމަރޭޓަރުން ހޯދުމާއިބެހޭ

ބައިނަލްއަގްވާމީ ސާރވޭ އައްކަމަށްވާ، "ވޯލްޑް ވެލިއުސް ސާރވޭ ވޭވް 7" - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭ ކުރިޔަށްގެންދާނީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ސާމްޕަލް ހިމަނައިގެން ދިވެހިންގެ "ވެލިއުސް" އަދި ދުނިޔޭގެ ކަންކަމާއި ބެހޭގޮތުން ވިސްނާ ފިކުރުކުރާ ގޮތް ހޯދުމުގެ މަގްސަދުގައެވެ. މި ސާރވޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ އިން 30 ސެޕްޓެމްބަރަށެވެ. ޑޭޓާ ކަލެކްޝަން ކުރިޔަށް ދާނީ އެނުމަރޭޓަރުން މާލޭ އަދި އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި ދޮރުން ދޮރަށް ޒިޔާރަތްކޮށް ސާރވޭއަށް ބައިވެރިން ހޮވާ އުސޫލުންނެވެ.  މިސާރވޭއަށް އެނިއުމަރޭޓަރުން ނެގުމުގައި ތިރީގައިވާ ކްރައިޓީރިއާއަށް ބެލޭނެއެވެ.

 ތައުލީމީ ފެންވަރު: ޖީ.ސީ.އީ އޯ ލެވެލް އަދި އެއަށް ވުރެ މަތީ ތަމްރީނެށް ހާސިލްކޮށްފައިވުން

އުމުރުން 18 އަހަރު ފުރިފައިވުން

މީހުންނާއި މުއާމަލާތު ކުރުުމުގެ ހުނަރު ލިބިފައިވައިވުން

ސާރވޭގެ މުއްދަތުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން

މިފަދަ ސާރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެެއެވެ.

ބޭނުންވާ އަދަދު:

މާލެ ސަރަހައްދުން 12 އެނިރުމަރޭޓަރުން

ކޮންމެ އަތޮޅަކުން 2 އެނިއުމަރޭޓަރުން

މިސާރވޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންނަށް 2 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. ތަމްރީނުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް /-80ރގެ ރޭޓުން އެލަވަންސެއް އަދި ފީލްޑްގެ މަސައްކަތުގައި ފުރިހަމަކުރާ ކޮންމެ ސާރވޭ ފޯމަކަށް /-80ރގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ފީލްޑްވޯރކް ކުރިޔަށްދާނީ ދުވާލަކު އެވެރެޖްކޮށް 7 ގަޑިއިރު ހޭދަވާނެއެވެ.

މިސާރވޭގެ މަސައްކަތުގެ ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގޫގްލް ފޯމު 26 އޮގަސްޓް 2021 16:00ގެ ކުރިން ހުށައެޅުމަށް ދަންނަމަވެ.

 މި ސާރވޭއާ ބެހޭ ގޮތުން އިތުރު މަޢޫލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ ފެކަލްޓީ އޮފް އާރޓްސްގެ ފޯނު ނަންބަރ 3345277 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކޮށްލުމައް އެދެމެވެ.

19 އޮގަސްޓް 2021