ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS17/2021/024
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 02 ސެޕްޓެންބަރު 2021 13:30
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އޭލެވެލްއަށް ވަނުމުގެ ފުރުޞަތު

 

2021 ވަނަ އަހަރު ގްރޭޑް 11 އަށް ކުދިން ވެއްދުމާއިގުޅޭ

           

މިއަހަރު މިސްކޫލު މަތީޘާނަވީއަށް ވަނުމަށް އެދޭ ތިރީގައި މިދަންނަވާ މިންގަނޑަށް ފާސްވެފައިވާ ދަރިވަރުންނަށް އެ ފުރުޞަތު ހުޅުވާލަމެވެ.

 

އެކަޑެމިކް ސްޓްރީމްތައް

-   ބިޒްނަސް ސްޓްރީމް

-   ސައިންސް ސްޓްރީމް

-   ބީޓެކް އޭލެވެލް

ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް

ބިޒްނަސް ސްޓްރީމް

-    އެސް އެސް ސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ދަށްވެގެން C ފާސްލިބިފައިވުމާއިއެކު،

-    އައި.ޖީ.ސީ.އެސް.ސީ.،ޖީ.ސީ.އީ. އޯ-ލެވެލް އިމްތިޙާނުން ( އެކައުންޓް،އެކޮނޮމިކްސް،ބިޒްނަސް ސްޓަޑީޒް) މިމާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން C ފާސްލިބިފައިވުމާއިއެކު އިތުރު އެއްމާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން.

ސައިންސް ސްޓްރީމް

އެސް އެސް ސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ދަށްވެގެން C ފާސްލިބިފައިވުމާއިއެކު،

އައި.ޖީ.ސީ.އެސް.ސީ.،ޖީ.ސީ.އީ. އޯ-ލެވެލް އިމްތިޙާނުން ( ބައިލޮޖީ،ފިޒިކްސް ، ކެމިސްޓްރީ ) މިމާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން C ފާސްލިބިފައިވުމާއިއެކު އިތުރު އެއްމާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން.

އިތުރު ޝަރުތުތައް:

  • 2021 މެއި /ޖޫން ގައި ނުވަތަ އޭގެ ފަހުން ޖީސީ އޯލެވަލް އަދި އެސް އެސް ސީ އިމްތިހާން ހަދާފާވުން
  • 2021 މާރިޗް 01 އަށް 19 އަހަރު ފުރިފައި ނުވުން
  • މީހަކާ އިނދެފައިނުވުން
  • އަޚުލާޤް ރަނގަޅު ދަރިވަރެއް ކަމުގައިވުން

 

 

ބީޓެކް އޭލެވެލް (ލެވެލް 3 ޑިޕްލޮމާ)

   ޝަރުތުތައް

  • ޕިއަރސަން އިންޓަރނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހަކުން ދަށްވެގެން "ޕާސް" ލިބިފައިވުން ނުވަތަ
  • އައި.ޖީ.ސީ.އެސް.ސީ، ޖީސީ.އީ. އޯ-ލެވެލް އިމްތިޙާނާއި އެސް. އެސް.ސީ. އިމްތިހާނުގެ ކޮންމެވެސް 4 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން.

 

 

 

މިސްކޫލުގެ މަތީޘާނަވީ އަށް ވަނުމަށްއެދޭ މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 22 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ސެޕްޓެމްބަރ 2021  ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30 އަށެވެ. 

19 އޮގަސްޓް 2021