ކުއްޔަށް ހިފުން
ނަންބަރު: (IUL)247-EDSS/247/2021/66
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 23 އޮގަސްޓް 2021 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ބޭނުމަކަށް ހއ.ހޯރަފުށިން ގެއެއް ކުއްޔަށް ހިފުމާއިގުޅޭ

"ޑިޒައިން އެންޑް ބިލްޑް އޮފް ހަބަރ އަޕްގްރޭޑް ޕްރޮޖެކްޓް"ގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މުވައްޒަފުން ތިބުމަށްޓަކައި 04 ކޮޓަރި، 04 ފާޚާނާ ހިމެނޭގޮތަށް މި ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

           ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ޢިމާރާތް ކުއްޔަށްދިނުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވާ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

           11 މުޙައްރަމް 1443

           19 އޯގަސްޓް 2021

19 އޮގަސްޓް 2021