މަސައްކަތް
ނަންބަރު: K5C-A/2021/23
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 30 އޮގަސްޓް 2021 13:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ. މުލީ މެޖިސްޓްރޭޓް ކޯޓުގައި ހަރުކުރުމަށް ލިބިފައިވާ 02 (ދޭއް) އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

    މ. މުލި،

  ދިވެހިރާއްޖެ.

                                                                             ނަންބަރު: K5C-A/2021/23

އިޢުލާން

މ. މުލީ މެޖިސްޓްރޭޓް ކޯޓުގައި ހަރުކުރުމަށް ލިބިފައިވާ 02 (ދޭއް) އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިކޯޓުގައި ހަރުކުރުމަށް ލިބިފައިވާ 02 (ދޭއް) އެއަރކަންޑިޝަން (9000ބީޓީޔޫ އާއި 18000ބީޓީޔޫގެ) ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކޯޓުން ކުރި އިޢުލާން (ނަންބަރު: K5C-A/2021/20) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެ މަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށްމިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

         މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:00ގައި މި ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

19 އޮގަސްޓް 2021

19 އޮގަސްޓް 2021