މަސައްކަތް
ނަންބަރު: (IUL)236-IED/236/2021/14
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 01 ސެޕްޓެންބަރު 2021 10:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޫނުމޫސުމުގައި ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

                  ހޫނުމޫސުމުގައި ބޯފެނަށްޖެހޭ މި އަތޮޅުގެ ރަށްރަށަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ، މިއަތޮޅުގައި ފެނުގެ ނިޒާމް ޤާއިމް ނުކުރެވިވާ ރަތްމަންދޫ، ވޭވަށް، މުލި، ނާލާފުށި، ކޮޅުފުށި، މަޑުއްވަރި މި 6ރަށުގެ ތެރެއިން ހޫނުމޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ފެންފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދިލައްވާފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިދާރާއަށް ވަޑައިނުގެން ފޯނުންނާއި އީ- މެއިލްގެ ޒަރިއްޔާއިވެސް މި ދެންނެވި ތާރީޚް ގައި މަޢްލޫމާތު ސާފުކުރެވިދާނެއެވެ.

 

ގަޑި

ދުވަސް

ތާރީޚް

ތަން

ތަފްޞީލް

10:00

އަންގާރަ

25 އޮގަސްޓް 2021

މި އިދާރާގެ ޖަލްސާކުރާ މާލަމް

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

10:00

އަންގާރަ

01 ސެޕްޓެމްބަރ 2021

މި އިދާރާގެ ޖަލްސާކުރާ މާލަމް

އަންދާސީ ހިސާބު ހުށަހެޅުން

 

                  މަޢްލޫމަތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަން ވާނެއެވެ.

19 އޮގަސްޓް 2021