ބީލަން
ނަންބަރު: (IUL)425-A2/1/2021/ 175
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 22:11
ސުންގަޑި: 01 ސެޕްޓެންބަރު 2021 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލެ ސަހަރާގޯތި ތެރޭގައި 4 ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް

ހުޅުމާލެ ސަހަރާގޯތި ތެރޭގައި 4 ފާޚާނާ ހަދަން ބޭނުންވާތީ، ތައްޔާރުކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި 4 ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ އާއްމު ޚިދުމަތްތަކާބެހޭ ބަޔަށް ވަޑައިގެން ދެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މައުލޫމާތު ސެޝަންގައި ހަވާލުކުރެވޭނެއެވެ. މިއިޢުލާނާއެކު ކުރެހުން އެޓޭޗްކުރެވިފައި ވާނެއެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

 23 އޮގަސްޓް 2021

10:00

 ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި

އަގު ހުށަހެޅުން

01 ސެޕްޓެމްބަރ 2021

10:00

 ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި

 

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

 

  • ·         އިތުރު މަޢުލޫމާތު: 

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ / 4  ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3323901   / އީމެއިލް: [email protected]

18 އޮގަސްޓް 2021