ދިވެހިރާއްޖެ
މި އޮތޯރިޓީއަށް 6 ލެޕްޓޮޕް ގަތުމަށް ބޭނުންވެއެވެ.
މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި މައުލޫމާތު ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ. (އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މިނިމަމް ރިކުއަރމަންޓް ފުރިހަމަ ނުވާނަމަ އިވެލުއޭޝަނަށް ކޮލިފައި ނުވާނެއެވެ.)
ވީމާ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހު ހެނދުނު 10:00އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 26 އޯގަސްޓް 2021 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
10 މުޙައްރަމް 1443
18 އޮގަސްޓް 2021