މަސައްކަތް
ނަންބަރު: (IUL)326/PRIV/2021/2
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 26 އޮގަސްޓް 2021 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރު އިޖުތިމާޢީ މަރުކަޒާއި، އެ މަރުކަޒުގެ ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ހިންނަވަރު، ދިވެހިރާއްޖެ.

 

އިޢުލާން

 

ހިންނަވަރު އިޖުތިމާޢީ މަރުކަޒާއި، އެ މަރުކަޒުގެ ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

                 

                  ހިންނަވަރުގެ އިޖުތިމާޢީ މަރުކަޒާއި، މަރުކަޒުގެ ވަށައިގެންވާ ސަރަޙައްދު 04 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން، ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.           

                  ވީމާ، 04 މަސް ދުވަހުގެ މުއްދަތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 23 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                  މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

އެންމެ މަތިން ދެވޭނެ ޕޮއިންޓް

ޕްރޮޕޯސަލް މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް

80

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަށް

10

ފަންނީ ތަޖުރިބާ އާއި ޤާބިލުކަން

10

ޕްރޮޕޯސަލްގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް

 

* ފަންނީ ތަޖުރިބާއާއި ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެއިންކަމެއް ސާބިތުކޮށްދެވޭފަދަ ޞައްޙަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކުގެ ނިސްބަތުން.

* ވިޔަފާރި ތަނެއްގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

ހަމަޖެހިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ގަޑިޖެހުމުގެފަހުން ހުށަހަޅާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.             

                       10 މުޙައްރަމް 1443

                       18 އޯގަސްޓް 2021

18 އޮގަސްޓް 2021