ދިވެހިރާއްޖެ
ިސްކޫލްގެ ތިރީގައިވާ މަޤާމަށް ވަޒީފާއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ގިންތި: |
ވޭޖް ( 6 މަސް ދުވަސް ) |
ސެކްޝަން: |
އިދާރީ |
މަޤާމު އޮތް އޮފީސް: |
ނ. ހެނބަދޫ ސްކޫލް |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ނ. ހެނބަދޫ ސްކޫލް |
މުސާރަ: |
-/5965 ރުފިޔާ |
ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ކޮންމެ މަހެއްގެ މުސާރަ ޝީޓް ނިންމާ ފޮނުވަންޖެހޭ މުއްދަތުގައި އަތޮޅު ބަޖެޓް ފޯކަލް ޑެސްކަށް ފޮނުވާ ލިބުންތޯ ޔަގީން ކުރުން.
- ކޮންމެ މަހެއްގެ މުސާރަ މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރުމުން ލަސްވެގެން 3 ދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުންނަށް އެފަރާތްތަކުގެ މުސާރަ ސްލިޕް މެއިލް ކުރުން.
- ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ޕޭމަންޓްތައް ޖަމާކުރުމުން އެ ސްލިޕްތައް އެފަރާތްތަކަށް މެއިލްކޮށް ލިބުނުތޯ ޔަގީންކުރުން.
- މުވައްޒަފުންނާއި ގުޅުން ހުރި މަޢުލޫމާތުތައް ލިޔެ ( ފުރަންޖެހޭ ފޯމްތައް:- ސަލާމާއި ޗުއްޓީ، ހާޒިރީ ރިޕޯރޓް، މީމިސް ) ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަދި މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމަކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ހިއުމަން ރިސޯސް އާއި ގުޅިގެން ސްކޫލަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޫލުން ފޮނުވާ ލިޔުންތައް ފައިލްކޮށް ފައިލިން ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންވާ ފަރާތްތަކަށް ވެރިއެއްގެ ހުއްދައާއެކު ފޮޓޯކޮޕީ ނަގާ ހަވާލުކުރުން.
- މުވައްޒަފުންނާއި ދަރިވަރުންގެ ކިޔެވުމާއި އެހެނިހެން ހަރަކާތްތަކުގެ ތެރެއިންވެސް ސްކޫލްގެ އެއްވެސް ސިއްރެއް ހާމަނުކުރުމާއި ސްކޫލްގެ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
- ޖަލްސާތަކަށާއި އެކިއެކި މުނާސަބަތުތަކަށް ތައްޔާރުވުން އަދި ސްކޫލްގައި އިތުރު ހަރަކާތްތައް ހިންގާ އިރުގައްޔާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިވުމަށް އެދިއްޖެނަމަ އެކަންކަމުގައި ފުރިހަމައަށް އެހީތެރިވުން.
- ސްކޫލަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ރަނގަޅު މަޢުލޫމާތު ދިނުން.
- ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުވިކުރުމަށް އެމުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށް ސްކޫލްގެ ވެރިންނާއި އެކުގައި މަސައްކަތްކުރާ މުވައްޒިފުންނާއި ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.
- ސްކޫލް މާހައުލުގައި ހުންނަ ލިޔެކިޔުމާއި ގުޅޭ އެހެނިހެން ކަންތައްތަކާއި މަތީގައި ބަޔާންކުރާ ކަންކަމުގެ އިތުރުން ޢާއްމުކޮށް ދިމާނުވާ ކުއްލިގޮތަކަށް ދިމާވާ ކަންކަމާއި އެކި ކަންކަމުގައި ސްކޫލަށް ޒިޔާރަތްކުރައްވާ ޓީމުތަކުގެ ކަންކަން ހަމަޖެއްސުމުގައި އެވަގުތަކު ސްކޫލާއި ހަވާލުވެ ހުންނަވާ އިސްވެރިޔަކަށް ފުރިހަމައަށް އެހީތެރިކަން ދިނުމާއި ވަޒީފާއާބެހޭ ޤާނޫނުތަކާއި ތަޢާރަޒްނުވާ ގޮތެއްގެ މަތިން ޒިންމާދާރުވެރިޔާ އަންގަވާގޮތެއްގެ މަތިން މިފަދަ ކަންމުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިވުން.
- މުވައްޒަފުންނާއި ގުޅޭ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށް ބެލެހެއްޓުން އަދި މުވައްޒަފުންގެ ޕާސަނަލް ފައިލަށް ބޭނުންވާ އެންމެހައި ޑޮކިޔުމަންޓްތައް ހަމަކޮށް އަދާހަމަކުރަމުން ގެންދިޔުން.
- ވިއުގައިގެ ޑޭޓާ އެންޓްރީގެ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
- މުވައްޒަފުންގެ އެޕްރައިސަލްގެ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
- ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭނަމަ އެކަން އެމަސައްކަތެއް ހަވާލުކުރި ފަރާތަށް އެންގުން.
- ސްކޫލްގެ ސްޓޮކް ޤަވާއިދުން ބަލަހައްޓާ ސްޓޮކަށް ބޭނުންވާ ތަކެތި ބަޖެޓާއި ގުޅިގެން ސްކޫލަށް ގެނައުން.
- ސްކޫލްގެ ވެރިންގެ ހައިސިއްޔަތުން އަންގާ އެންމެހައި މަސައްކަތްތައް ކުރުމާއި އިދާރީ ބޭފުޅަކު ހާޒިރުނުވާ ދުވަހެއް ނަމަ އެފަރާތުގެ މަސައްކަތުގެ ތެރެއިން ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުން.
މަޤާމުގެ ޝަރުތު
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށައަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ހެނބަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު: |
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެތެރޭގައި ނ. ހެނބަދޫ ސްކޫލުގައި ނުވަތަ ސްކޫލުން ހަމަޖައްސާތަނެއްގައެވެ. އަދި ރަށުންބޭރުގައިވާ ފަރާތްތަކަށް ގޫގަލް މީޓު މެދުވެރިކޮށް އިންޓަވިއު ކުރެވޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގަ އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.