ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)133-AS/133/2021/13
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 30 އޮގަސްޓް 2021 11:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ހޯދުމަށް

           މިޑިޕާޓްމަންޓުންދޭ މައުލޫމާތާއި އެއްގޮތަށް މިޑިޕާޓްމަންޓަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ހޯދަން ކުރެވުނު ނަންބަރު: (IUL)133-AS/133/2021/6 އިއުލާނާ ގުޅިގެން ހުށައެޅުނު ބީލަންތަކުގެ އަގުތަކަކީ މާލިއްޔަތު ގަވާއިދުގެ 10.45ގެ އެތަނަކުން އެކަމަކަށް އަންދާޒާކުރާ އަގުތަކަށްވުރެން ބޮޑު އަގުތަކެއްކަމަށް ފެންނާތީ، މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

           ބީލަމާއި ގުޅޭގޮތުން ދެވޭ މައުލޫމާތު މިއިއުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

           ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

           ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިނަމަ، ބީލަން ހުޅުވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައެވެ.

18 އޮގަސްޓް 2021