ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2021/29
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 26 އޮގަސްޓް 2021 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

މި އޮތޯރިޓީއަށް ތިރީގައި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމް:

ކޮންސަލްޓެންޓް

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް)

ވަޒިފާއަދާ ކުރަންޖެހޭ ތަން:

ކައުންސިލް ޑިޖިޓަލައިޒޭޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ

އަސާސީ މުސާރަ: (މަހަކު)

8,835.00ރ

ސަރވިސް އެލަވަންސް:(މަހަކު)

2,000.00 ރ

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް: (މަހަކު)

އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް: (މަހަކު)

4,000.00ރ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން މަޢުލޫމާތު:

މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

  • ޕްރޮގްރާމިންގ ޔޫސިންގ ޑޮޓް ނެޓް

ތަޢުލީމީ ރޮނގުތައް:

  • އިންފޮރމޭޝަން ޓެކްނޮލޮޖީ
  • ސޮފްޓްވެއަރ ޑިވެލޮޕްމެންޓް
  • ސޮފްޓްވެއަރ އިންޖިނެއަރިންގ
  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސްކޯޕް އޮފް ވާކް

  • އީ-ކައުންސިލް ވިޔަ ޕޯޓަލްގެ އެރަރ އަދި ބަގްތައް ފާހަގަކުރެވުމުން އަދި އެލްޖީއޭ އާއި ކައުންސިލްތަކުން ރިޕޯޓުކުރުމުން، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި، ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް އެ މައްސަލަ ޗެކުކުރުމަށްފަހު ހައްލުކުރުން.
  • ރިޕޯޓްކުރެވިފައިނުވާ މައްސަލަތަކާއި އެރަރތައް ދެނެގަތުމަށްޓަކައި، އެލްޖީއޭއިން އަންގާ ގޮތެއްގެ މަތިން ވިޔަ ޕޯޓަލްގެ ސޯސް ކޯޑް ޓެސްޓްކުރުން.
  • އެލްޖީއޭއިން ބޭނުންވާ އެކްސެލް ފޯމެޓްތަކުގައި، ވިޔަ ޕޯޓަލްގައި ރެކޯޑްކުރެވިފައިވާ މައުލޫމާތުގެ ރިޕޯޓްތައް ޖެނެރޭޓްކުރެވޭނެ ފަންކްޝަންއެއް ޑެވެލޮޕްކުރުން
  • އެލްޖީއޭގެ ޑެވެލޮޕަރުންނާއެކު ޓީމެއްގެ ގޮތުގައި، ވިޔަ ޕޯޓަލްގެ ޕާފޮމަންސް ރަނގަޅުކުރުމަށްޓަކައި ކޯޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ނިމުމާއެކު އެލްޖީއޭގެ ޑެވެލޮޕަރުންނަށް ވިޔަ ޕޯޓަލް މެނޭޖްކުރުމަށް ބޭނުންވާނެ ރޫޓިން ޓްރޭނިންގ، އެސިސްޓަންސް އަދި ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
  • ވިޔަ ޕޯޓަލްގެ 'ޑެވެލޮޕަރސް މެނުއަލް' ތައްޔާރުކޮށް ގަވާއިދުން ބެލެހެއްޓުން.

ޑެލިވަރަބަލްސް

  • އެރަރ އަދި ބަގްތައް ހައްލުކުރުމަށްފަހު އީ-ކައުންސިލް ވިޔަ ޕޯޓަލްގެ އަދާހަމަކުރެވިފައިވާ ސޯސް ކޯޑް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެލްޖީއޭއާ ހަވާލުކުރުމަށް)
  • ވިޔަ ޕޯޓަލްގެ އަދާހަމަކުރެވިފައިވާ 'ޑެވެލޮޕަރސް މެނުއަލް، އެޑިޓަބަލް ކޮޕީއާއެކު. (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެލްޖީއޭއާ ހަވާލުކުރުމަށް)
  • ވިޔަ ޕޯޓަލްގައި ހުރި ހައްލުކުރަންޖެހޭ މައްސަލަތައް ފާހަގަކޮށް ހިމަނާފައިވާ ރިވިއު ރިޕޯޓް. (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެލްޖީއޭއާ ހަވާލުކުރުމަށް)
  • އެ މަހެއްގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެލްޖީއޭއާ ހަވާލުކުރުމަށް)
  • ވިޔަ ޕޯޓަލްގައި ރެކޯޑްކުރެވިފައިވާ މައުލޫމާތުގެ ރިޕޯޓްތައް ޖެނެރޭޓްކުރެވޭނެ ފަންކްޝަނަލް ޔޫޒަރ އިންޓަރފޭސްއެއް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ނިންމުމަށް)

ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް

  • ޕްރޮޖެކްޓްގެ ސްކޯޕްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް، ރަސްމީ ދުވަސަތަކުގެ ރަސްމީ މަސައްކަތު ގަޑީގައި އެލްޖީއޭއަށް ހާޒިރުވެ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުން.
  • ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލުކުރުމަށް ހުރަހެއް ނުވަތަ ލަސްވުމެއް ދިމާވުމަށް މެދުވެރިވާފަދަ މައްސަލަތަކާއި ދަތިތަކުގެ މައުލޫމާތު އަދި ޕްރޮޖެކްޓާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު، އެލްޖީއޭގެ ވިޔަ ޕޯޓަލްގެ މަސައްކަތްތަކާ ގުޅުންހުރި މުވައްޒަފުންނާ ދުވަހުން ދުވަހަށް (ލިޔުމުން ހިއްސާކުރަންޖެހޭފަދަ ހާލަތެއްނަމަ، ލިޔުމުން) ހިއްސާކުރުން.
  • ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވާ ނަތީޖާގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި ކަންކަން، ޕްރޮޖެކްޓްގެ ސްކޯޕާއި އެއްގޮތަށް މަސައްކަތްކޮށް ކަނޑައެޅޭ އެކަށީގެންވާ ވަގުތެއްގެ ތެރޭގައި، ތަރުތީބު ގޮތެއްގެ މަތިން ނިންމުން.
  • ޕްރޮޖެކްޓްގެ ޑެލިވަރަބަލްސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށް ހަވާލުކުރުން.
  • މަސައްކަތުގެ މާހައުލާ އެކަށީގެންވާފަދަ އަޚްލާޤީ މިންގަނޑެއްގެ ތެރޭގައި މަސައްކަތްކުރުމާއި، އެލްޖީއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރުން.
  • ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް، އޮފީހުން ހަވާލުކުރާ ޕްރޮޖެކްޓާއި ގުޅުންހުރި އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ
  • ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މި މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން: %40

-މަސައްކަތު ތަޖްރިބާ:% 12

- ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48 

  • މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލީ ފަރާތްތަކުން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
18 އޮގަސްޓް 2021