ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(A)/2021/25
އިޢުލާނު
ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން
2021 – 2022 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ގްރޭޑް 11 އަށް ވަނުމުގެ ފުރުޞަތު، ތިރީގައި މިދަންނަވާ ޝަރުޠުތައް ހަމަވާ ދަރިވަރުންނަށް ހުޅުވާލަމެވެ.
- · ސައިންސް ސްޓްރީމް
- o ކްރައިޓީރިއާ
- އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާ ތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ މި 3 މާއްދާގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ފާސްވެފައިވުން
- އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން
- · ބިޒްނަސް ސްޓްރީމް
- o ކްރައިޓީރިއާ
- އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާ ތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް / ކޮމާރސް، އެކައުންޓް އިކޮނޮމިކްސް މި 3 މާއްދާގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ފާސްވެފައިވުން
- އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން
( ފާސްވުންކަމަށް ބުނެފައި އެވަނީ :C , B , A , A* ލިބިފައި ވުމަށެވެ.)
- · އިތުރު ޝަރުޠުތައް
- 2019 އޮކްޓޯބަރ ގެ ފަހުން އޯލެވެލް އިމްތިޙާން ހަދާފައިވުން
- ދިވެހިރާއްޖޭގެ ޤާނޫނާޚިލާފް ވެފައިވާ ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން
- ކައިވެންޏެއް ކޮށްފައި ނުވުން
މަތީގައި ޝަރުޠުތައް ފުރިހަމަވާ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން 2021 އޯގަސްޓް 18 އިން ފެށިގެން 2021 ސެޕްޓެމްބަރ 05 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ހަނިމާދޫ ސްކޫލް އޮފީހުގައި ކުރިޔަށް ދާނެއެވެ. ފޯމް ނަންގަވަން ދުރުވާއިރު ވަގުތީ ނަތީޖާ ގެނައުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
09 މުޙައްރަމް 1443
17 އޯގަސްޓް 2021