ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FDC-HR/1/2021/46
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 26 އޮގަސްޓް 2021 16:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ސީނިއަރ އޮފިސަރ، ބަޖެޓިންގް

މި ކޯޕަރޭޝަނުން ސީނިއަރ އޮފިސަރ، ބަޖެޓިންގް މަޤާމަށް ކުރި ނަންބަރު (IUL)FDC-HR/1/2021/27 އިއުލާން (17 ޖޫން 2021) އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި މަޤާމަށް އަލުން އިއުލާންކުރަމެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ، ބަޖެޓިންގް

ބޭނުންވާ އަދަދު

01

ކުރިމަތިލުމުގެ  ސުނަގަޑި

26 އޯގަސްޓް 2021 ބުރާސްފަތި ދުވަހުގެ 16:00

 

 ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/8oqxcc65sTejfo9Q9

 

 ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

17 އޮގަސްޓް 2021