މަސައްކަތް
ނަންބަރު: GS-92/IUL/2021/014
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 22 އޮގަސްޓް 2021 13:00
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ދަރިވަރުން އަތްދޮވުމަށް ބެހެއްޓިފައިވާ މެޝިން ހުރިތަން ހިޔާކުރުން

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

   މި ސްކޫލުގެ ދަރިވަރުން އަތްދޮވުމަށް ބެހެއްޓިފައިވާ މެޝިން ހުރި ތަން ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮގަސްޓް 17 އިން 2021 އޮގަސްޓް 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ. ނަމަވެސް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

https://forms.gle/bGAF2cEJHVSrgkJ3A

  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 އޮގަސްޓް 23 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.

  3. ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 25 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނައިވާދޫ ސްކޫލް

ހދ. ނައިވާދޫ

ފޯން: 6520537

އީ-މެއިލް: [email protected]

17 އޮގަސްޓް 2021