ދިވެހިރާއްޖެ
GS-215/IUL/2021/21 :ނަންބަރު |
އިޢުލާނު |
|||||||||||
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||
މަޤާމުގެ ނަންބަރު: |
J-256956 |
||||||||||
ބޭނުންވާ ޢަދަދު |
01 |
||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
މަޤާމުގެ ރޭންކު: |
ޖީ.އެސް. 3 |
||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިހައްދޫ ސްކޫލް / ލ. ގަން |
||||||||||
މުސާރަ: |
4465.00ރުފިޔާ |
||||||||||
ސަރވިސް އެލަވަންސް: |
1500.00ރުފިޔާ |
||||||||||
އެހެނިހެން އެލަވަންސް: |
01. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700ރުފިޔާ. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 04. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އޮފީސް ހުޅުވާ ލެއްޕުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. 2- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ސްކޫލުގެ ފައިސާގެ ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން. 3- ސްކޫލްގެ ބަޖެޓް ބެލެހެއްޓުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން. 4- ސްކޫލުން އަދާކުރަންޖެހޭ ފައިސާގެ ބިލްތައް ޤަވާޢިދުން ދައްކާ ނިންމުން. 5- މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓާ ޗުއްޓީ ހުއްދަ ތައްޔާރުކުރުން. 6- އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ލިޔުމާއި އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބުލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަތަކެތި ފޮނުވުމުގެ ކަންތައްކުރުމާއި ފައިލްކުރުން. 7- ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިންކުރުން. 8- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައި ލިޔެ ފުރިހަމަކުރުން. 9- ސްޓޮކުން ތަކެތި ދޫކޮށް ސްޓޮކް ބާކީކޮށް އަޕްޑޭޓްކުރުން އަދި ފައިލްކޮށް ބެލެހެއްޓުން 10- އެންޓްރީ ދުވަހުން ދުވަހަށް ކުރުމާއެކު ކަމާބެހޭ ވެރިޔެއްގެ އަރިހަށް ގެންގޮސް އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން. 11- ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަންކުރުން. 12- ސްކޫލުގައި ފާހަގަ ކުރެވޭ ޚާއްޞަ ރަސްމިއްޔާތުތަކުގައި ހިންގޭ ޙަރަކާތްތަކުގައި ކަންކަމަށް އިސްވެ ތިއްބަވާ މުވައްޒަފުން އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން. މި ކަންކަމުގެ އިތުރުން ސްކޫލުގެ ވެރިން އަންގާ ކަންކަމާއި، އެކިއެކި ކަންކަމުގައި އިސްވެ ތިއްބަވާ މުވައްޒަފުން ޙަވާލުކުރާ މަސައްކަތްކުރުން. 13- ސްކޫލްގައި ހިންގާ ހަރަކާތްތަކުގެ އިތުރުން އެކަޑެމިކް މުވައްޒަފުން ރާވާ ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓްސް އަދި ފަންޑް ރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. |
||||||||||
މަޤާމުގެ ޝަރުޠުތައް: |
1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް ޕްރިފަރޑް ޑިސިޕްލިން: ނެތް ކޯ ޑިސިޕްލިން: ނެތް |
|||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: - އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް |
|||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަށްކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، އިހައްދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 29 އޮގަސްޓް 2021 އާއި 01 ސެޕްޓެމްބަރ 2021 އާ ދެމެދު، އިހައްދޫ ސްކޫލުގައެވެ. މިމަޤާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިމްތިޙާން އޮންނާނެއެވެ. |
||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7967103 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |