ކުއްޔަށް ދިނުން
ނަންބަރު: (IUL)241-A/241/2021/13
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 24 އޮގަސްޓް 2021 13:30
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅު ސްޓޭޓްހައުސްގެ އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ:    (IUL)241-A/241/2021/13                   

             އިއުލާން

 

އަތޮޅު ސްޓޭޓްހައުސްގެ އިމާރާތުގެ އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

                                     މިއަތޮޅު ސްޓޭޓްހައުސްގެ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ކޮންޓްރެކްޓް އުޞޫލުން މަރާމާތު ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                                  ވީމާ ، އޭސީތައް 1 ( އެކެއް ) އަހަރުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13.30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13.30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ. އަދި މިމަސައްކަތް ކުރުމުގައި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ލިބިފައިވާ ތަޖުރިބާ ހުށަހަޅަންވާނެއެވެ.

މާރކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް                %60
  • ލިބިފައިވާ ތަޖުރިބާ އާއި ގާބިލް ކަމަށް  %40

                      ގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

                      08 އޮގަސްޓް    1443                                    

                      16 އޮގަސްޓް  2021

16 އޮގަސްޓް 2021