|
މަސައްކަތު ( 1 އަހަރު / ކޮންޓްރެކްޓް )
|
|
2 ( ދޭއް )
|
- މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން :
|
ރ.މީދޫ ކައުންސިލް އިދާރާ
|
|
- މަހަކު 6500 (ހަ ހާސް ފައްސަތޭކަ )ރުފިޔާ
- އިތުރު ގަޑީގައި މަސަތްކަތް ކުރާނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
- ރަމަޟާން މަހު އިނާޔާތުގެ ފައިސާގެ ގޮތުގައި 3000 (ތިންހާސް ރުފިޔާ ) ދެވޭނެއެވެ.
|
|
1- ރަށުގެ މަގުތަކާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ހުޅުވުމާއި ބަންދު ކުރުމާއި އެތަންތަން ސާފުކޮށް ބެލެހެއްޓުން
2- އިޖުތިމާއީ މަރުކަޒު ތަކާއި ކުޅިވަރު ކުޅޭ ޢާއްމުދަނޑުތަކާއި،ބިންތައް ސާފުކޮށް ބެލެހެއްޓުން
3- މަގުތައް ބެލެހެއްޓުން
4- ގޮނޑުދޮށްތައް ސާފުކޮށް ބެލެހެއްޓުން
5- ޤަބުރުސްތާން ނޮޅާ ސާފުކޮށް ބެލެހެއްޓުން
6- އިޖުތިމާޢީ ސަރަހައްދު ތަކުގައިވާ ގަސްތައް ކޮށާ ބެލެހެއްޓުން
7- މަސައްކަތް ކުރުމަށް ކައުންސިލުން ހަވާލުކުރާ އާލާތްތައް ސާފުކޮށް ބެލެހެއްޓުން
8- މި ވަޒީފާގެ ބަޔާނުގައި ހިމެނިފައި ނުވާ ކަމެއް ކޮންމެހެން ކުރަން ޖެހޭ ޙާލަތުގައި ކައުންސިލުން ހަވާލުކުރާ މަސައްކަތެއް ކުރުމުގައި އެހީތެރިވުން
|
- ވަޒީފާއަށް ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންކަން:
|
- މަސައްކަތުގެ ތަޖުރިބާއާއި،ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ
|
- ހުށަހަޅުއްވަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ) މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
- އިންޓަވިޢު އޮންނާނެ ތަނާއި މުއްދަތު:
|
- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޢު އޮންނާނީ (އޮގަސްޓް 31 ) ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ރ.މީދޫ ކައުންސިލް އިދާރާގައެވެ.
|
- ތަކެތި ހުށަހެޅުމުގެ ސުންގަޑި:
|
- 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން (މި މުއްދަތުގެ ތެރޭގައި މިހާރު ރަސްމީ ދުވަހެއްގެ ގޮތުގައި އޮތް ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ އެދުވަސްތަކަށް އިތުރު ދުވަސް ދެވޭނެއެވެ.
|
- މަސައްކަތް ކުރަންޖެހޭ ވަގުތު:
|
- ދުވާލަކު 8 ގަޑިއިރު (ހަފްތާއަކު 6 ދުވަހު)
|
ވީމާ، މި މަޤާމަށް ޝަޢުގުވެރިވެ ލައްވާ ފަރާތް ތަކުން އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
|