މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ބެލުމުގެ ދަށުން ހިންގާ އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މި މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
- ޔުނިވަރސިޓީގެ މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓާ އެޗް.އާރް. ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރ އެއްގެ ގޮތުން އަދާ ކުރަންޖެހޭ ދައުރު އަދާކުރުމުގައި، ސިސްޓަމް ދުވަހީ ގޮތެއްގައި ބޭނުން ހިފޭނެ އިންތިޒާމު ހަމަޖައްސާ، ތަރައްޤީކޮށް މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަށް މަސައްކަތް ކުރުން. އަދި މިކަމާ ގުޅޭ ތަމްރީން ހިންގުން.
- ޔުނިވަރސިޓީގެ އިދާރީ ހިންގުމަށް ބޭނުންވެގެން ހަދާ/ހޯދާ އެހެނިހެން ސޮފްޓް ވެއަރތައް ބެލެހެއްޓުމާއި، އެފަދަ ސޮފްޓްވެއަރތައް ލިޔުމާއި އިތުރަށް ތަރައްޤީ ކުރުން. މީގެ އިތުރުން ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރ ދެނެގަނެ އެހޯދުމުގައި އެހީތެރިވުން.
- މަރުކަޒީ އިދާރާގެ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ފަރުމާކޮށް ބެލެހެއްޓުމާ، ނެޓްވާރކުގެ ޒަރީއާއިން މަރުކަޒީ އިދާރާ/ފެކަލްޓީ/ސެންޓަރތަކަށް ސޮފްޓްވެއަރ ބޭނުންކޮށްގެން ދޭންޖެހޭ ސަރވިސްއެއް ދިނުމަށްޓަކައި ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ އަންގާ ގޮތެއްގެ މަތިން ފަރުމާކޮށް ބެލެހެއްޓުން.
- ނެޓްވާރކު މައްސަލަތައް ކުޑަކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އަދި ބޭނުންވާ އެންމެހާ ކަންތައްތައްކުރުމާ، ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަހުގެ ޓެކްނޮލޮޖީތަކާ ޓެކްނިކްތައް ދެނެގަނެ އެކަންތައްތަކުގެ އެހީގައި ނެޓްވާރކުގެ ސެކިޔުރިޓީ އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.
- ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް އީމެއިލްގެ ޚިދުމަތްވީހާވެސް ޚަރަދުކުޑަ، ބޭނުންތެރި ގޮތަކަށް ދިނުމާ، އެކަންތައް އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެކަންތައް ދަސްކޮށް، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފް ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
- 8. މީގެއިތުރުން ޔުނިވަރސިޓީގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ޙަވާލުކުރެވޭ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2023 އޯގަސްޓް 23 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/HR-MNU-Jobs-CA-98
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
https://tinyurl.com/Job-Application-Form--Dhivehi
https://tinyurl.com/Job-Application-Form--English
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- -އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- -އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- -އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- -މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- -ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- -ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
-މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
-މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
|