ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS36/2021/009
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 25 އޮގަސްޓް 2021 13:00
ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޓީޗަރ – ޕްރައިމަރީ (ވަގުތީ)

ކ. އަތޮޅު މަދަރުސާ

  ކ. ކާށިދޫ 

                                                                          ނަންބަރު:(IUL)GS36/2021/009

އިޢުލާނު

މަގާމު:

ޓީޗަރ – ޕްރައިމަރީ (ވަގުތީ)

މަގާމު ނަމްބަރު:

J-320568

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް (06 މަސް ދުވަސް)

މަޤާމުގެ ރޭންކު:

ސީ.އެސް 11-2 އިން ސީ.އެސް 15-5

މަޤާމުގެ ކްލެސިފިކޭޝަން:

ސްކޫލް ޓީޗަރސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. އަތޮޅު މަދަރުސާ، ކ. ކާށިދޫ

މުސާރަ:

-/7000 ރުފިޔާއާއި -/12410 ރުފިޔާއާއި ދެމެދު      

ސަރވިސް އެލަވަންސް:

-           

އެހެނިހެން އެލަވަންސް:

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސްކޫލުން ހަވާލުކުރާމާއްދާގެ ސިލަބަސްބަލާ، ސިލަބަހުގައިވާ މިންވަރު ހާސިލުކުރާނެ ސްކީމެއް ޝެޑިއުލް ކުރެވިފައިވާ މުއްދަތުގައި  ނިންމާ ސުޕަވައިޒަރާއި ހަވާލުކުރުން.
  • ޓެސްޓްތަކުގެނަތީޖާ ރިކޯޑްބަލަހައްޓައި، ދިރާސާކޮށް އަޅަންޖެހޭއިސްލާޙީ ފިޔަވަޅުތައްއެޅުން. އަދިމިކަންކަމުގެމަޢުލޫމާތު  ސުޕަވައިޒަރަށް ދިނުން.
  • ނަތީޖާއަށްބަލާ، ރިމީޑިއަލް ޕްރާގްރާމާއި އެންރިޗްމަންޓް ޕްރޮގްރާމްތައް، ސުޕަވައިޒަރުގެ މަޝްވަރާއާއެކު ހިންގުން.
  • ކޮންމެ ހަފްތާއަކަށް ހެދިފައިވާ ސްކީމް ކަވަރުކުރުމަށްޓަކައި ކުރިއަށް އޮންނަ ހަފްތާގެ ލެސަން ޕްލޭން ތައްޔާރުކޮށް، ފިލާވަޅުގައި ބޭނުންކުރާނެ ޓީޗިން އެއިޑާއިއެކު ހިނގާ ހަފްތާގެ ބުރާސްފަތިދުވަހުގެ ރަސްމީ ސެޝަން ނިމުމުގެ ކުރިން ސުޕަވައިޒަރަށް ހުށައެޅުން.
  • ކިޔަވައިދެވޭ ކޮންމެ ފިލާވަޅަކާއި ގުޅޭ ގޮތުންވެސް ދަރިވަރުން ކުރާ މަސައްކަތް ޖެހިގެން އޮންނަ ފިލާވަޅު ނެގުމުގެ ކުރިން ބަލާ، ދަރިވަރުންނަށް ދޭންވާ ފީޑްބެކް ދިނުން.މަސައްކަތްތައް ނުނިންމާ ދަރިވަރުން ސެޝަން ނިމުމުން މަޑުކުރުވާ މަސައްކަތްތައް ނިންމުވުން. އަދި މިކަމުގެ މަޢުލޫމާތު ކްލާސް ޓީޗަރުން މެދުވެރިކޮށް ކޮންމެ ހަފްތާއެއްގެވެސް ކަނޑައެޅިފައި އޮންނަ ދުވަހު ބެލެނިވެރިންނަށް ދިނުން.
  • ކޮންމެ ހަފްތާއެއްގައިވެސް ބޭއްވޭ ކޯޑިނޭޝަން މީޓިންތަކަށް ޤަވާއިދުން ޙާޟިރުވެ މަޝްވަރާކުރެވޭ ގޮތަށް އަމަލުކުރުން.
  • ސްކޫލުން ހަވާލުކުރާ މާއްދާ، ހެދިފައިވާ ޓައިމް ޓޭބަލްގައިވާގަޑީގައި ކުލާހަށް ހާޒިރުވެ ފަރުވާތެރިކަމާއެކު ކިޔަވައިދީ، ރިކޯޑް   ލިޔުން. ކްލާސް ރެކޯޑް ފުރިހަމަކުރުމުގައި ސުޕަވައިޒަރު ދޭ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރުން.
  • ކިޔަވައި ދެވޭ މާއްދާއިން ކޮންމެ ޓާމެއްގައިވެސް ކަނޑައެޅިފައިވާ މިންވަރަށް، ކަނޑައެޅިފައިވާ ގޮތުގެމަތިން ޔުނިޓް ޓެސްޓްތަކާއި ޑައިގްނޯސްޓިކް ޓެސްޓްތަކާއި އެސެސްމަންޓް ހައްދާ ހާސިލުވާ މިންވަރު ދެނެގަނެ އަދި ޓާމް ނިމޭއިރު ސިލަބަހާ އެއްފެންވަރުގެ ޓެސްޓެއް ހައްދާ ހާސިލުވާމިންވަރު ދެނެގަތުން.
  • ޓެސްޓް ކުރިއަށްދާ ދުވަސްވަރު އިންވިޖިލޭޓަރެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ އިންވިޖިލޭޝަން ޓޭބަލާއި އެއްގޮތަށް އިމްތިޙާނު ހޯލު ބެލެހެއްޓުން. އިމްތިޙާނުގެ ކަންތައްތައް ބެލެހެއްޓުމުގައި ސްކޫލުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކަށް ޢަމަލުކުރުން.
  • ޓެސްޓުނަގާ ނިމުމުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕޭޕަރުތައް މާކްކޮށް ނަތީޖާތައް މަސްއޫލު ފަރާތްތަކާ ޙަވާލުކުރުން.
  • ރިމީޑިއަލް، އެންރިޗްމަންޓް އަދި އެކްސްޓްރާ ކްލާސްތަކަށް ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވެ ފަރުވާތެރިކަމާއެކު ކްލާސްތައް ނަގައިދިނުން.
  • މުދައްރިސަކު ހާޒިރުނުވާތީ ހުސްވާގަޑިތަކުން ހަވާލުކުރެވޭ ރިލީފް ގަޑިތައް ނަގައިދިނުން.
  • ހަފްތާގެ ސްކީމް ކަވަރުކުރެވޭތޯ ބަލާ، ކަވަރުނުކުރެވޭނަމަ ސުޕަވައިޒަރުގެ ލަފާގެމަތިން އިތުރުގަޑިތަކެއް ނަގައިދިނުން.
  • ކިޔަވައިދޭ ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު، ފުރުސަތުދިނުމާއި ދަރިވަރުންނަށް ނަމޫނާއަކަށްވުން.
  • ކިޔަވައިދޭ ގަޑީގައިއާއި ކުލާހުން ބޭރުގައި ދަރިވަރުންގެ ފަރާތުން ދިމާވާ ތަފާތު މައްސަލަތަކުގައި، ޑިސިޕްލިން ގައިޑްލައިން (އަޚްލާޤީ ކަންތައްތަކުގައި އަމަލުކުރާ މިންގަނޑު) ގައި ބަޔާން ކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުން.
  • ސްކޫލްގެ ދަރިވަރުންނަށާއި ސްކޫލްގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލްގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެމުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ އެކަމެއް ކުރަންރޭވިފާއިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.
  • ސްކޫލްގައި ފާހަގަކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭކަމެއްކަނޑައެޅިފައިވާގަޑިއަށް ފަރުވާތެރިކަމާއެކުކޮށްނިންމުން. އަދި މިފަދަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ބައްދަލުވުން ތަކާއި ހަރަކާތްތަކާއި ޙަފްލާތަކަށް ސްކޫލުން އަންގާ ގޮތެއްގެމަތިން ހާޒިރުވުން.
  • ސްޓާފް މީޓިން، ކޯޑިނޭޝަން މީޓިން އަދި ޕޭރަންޓް ޓީޗަރ މީޓިން ފަދަ މީޓިންތަކުގެ އިތުރުން ޓީޗަރުން ބައިވެރިކޮށްގެން ސްކޫލްގެ ފަރާތުން ބޭއްވޭ އެހެނިހެން ބައްދަލުވުންތަކާއި ވާރކްޝޮޕް، ސެމިނަރފަދަ ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.
  • އިތުރު ހަރަކާތްތައް ރާވާ ހިންގުމުގައްޔާއި އިތުރު ހަރަކާތްތަކުގައި އެހީތެރިވުމުގައި، އެހަރަކާތަކަށް ވަކި ގައިޑްލައިންތަކެއް ހެދިފައިވާ ނުވަތަ ވަކި ޤަވާއިދުތަކެއް ހެދިފައިވާ ހަރަކާތެއްނަމަ، އެ ގައިޑްލައިން ނުވަތަ އެ ޤަވާޢިދަކާއި އެއްގޮތަށް ޢަމަލުކުރުން.
  • ސްކޫލާއި ސްކޫލުން ބޭރުގައިވެސް ދަރިވަރަކު އުޅޭގޮތަކުން ދަރިވަރަކު ރަނގަޅުކުރުމަށް ނަސޭހަތް ދޭންޖެހިއްޖެ ހާލަތެއްގައި އެދަރިވަރަށް ނަސޭހަތްތެރިވުން. އަދި ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި އާދަކާދަތަކާއި އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރުން.
  • ސްކޫލްގެ ދަރިވަރުންނަށް ހެދިފައިވާ ޤަވާޢިދުތަކާއި ޚިލާފަށް އުޅޭ ދަރިވަރުން އިސްލާހު ކުރުމަށް މަސައްކަތްކުރުން. (ނަސޭހަތް ދިނުން، އިންޒާރުކުރުން، ބެލެނިވެރިންގެ ސަމާލުކަމަށް ގެނައުން، ސުޕަވައިޒަރުގެ ސަމާލުކަމަށް ގެންދިއުން.) މިފަދަ ކަންކަމާއި ގުޅޭގޮތުން ހެދިފައިވާ ޤަވާއިދުތަކާއި ސްކޫލުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުން.
  • ސްކޫލްގެ ކޮންމެ ހަރަކާތަކަށްވެސް އެކަށީގެންވާރަނގަޅު ހެދުމެއްގައި ހާޒިރުވެ ދަރިވަރުންނަކީވެސް އެފަދަބަޔަކަށް ހެދުމަށް މަސައްކަތްކުރުން.
  • ދަރިވަރަކަށްލިބޭ ރަނގަޅު ކާމިޔާބުތައް ފާހަގަކޮށް އަދި ރަނގަޅުކުރަންޖެހޭ ކަމެއްވާނަމަ އެކަންވެސް ފާހަގަކޮށް ދަރިވަރަށް އަންގައިދީ އަދި ބެލެނިވެރިންނަށް އެމައުލޫމާތު ފޯރުކޮށްދިނުން.
  • ސްކޫލްގެ އެކިއެކި ކަންކަމަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިންތަކާއި ސުޕަވިޝަން ގައިޑްލައިންގައި ކަނޑައެޅިފައިވާ ކަންތައްތައް ތަންފީޒުކުރުމުގައި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، އެކަންތައްތައް ތަންފީޒުކުރުމުގައި ސުޕަވައިޒަރުން،  އަދި ސްކޫލްގެ އެހެނިހެން ވެރިންނަށް އެއްބާރުލުން ދިނުން.
  • ކިޔަވައިދިނުމުގެ އިތުރުން ސްކޫލްގައި އުފެދިފައިވާ އެކިއެކި އެސޯސިއޭޝަންތަކާއި، ކްލަބް ތަކާއި ޔުނިފޯމް ހަރަކާތްފަދަ ހަރަކާތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ ނުވަތަ އެފަދަ ހަރަކާތެއް ހިންގުމުގައި އެހީތެރިވުމަށް ސްކޫލްގެ ފަރާތުން ހަމަޖައްސައިފިނަމަ، ޒިންމާދާރުކަމާއެކު ކަނޑައެޅިފައިވާ އުސޫލުގެ މަތިން އެކަމެއް ކުރުން.
  • ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު ރަސްމީ ކަމެއް ޙަވާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ޙަވާލުކުރައްވާ މަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން.

 

 

 

 

 

 

 

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑިއުކޭޝަން

ޕްރައިމަރީ އެޑިއުކޭޝަން

ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

ޓީޗިންގ ސަރވިސަސް

 

މަޤާމުގެ ޝަރުތުތައް:

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

އޯ ލެވެލް ކޮލިފިކޭޝަން

7000.00ރ

318.18ރ

53.03ރ

އޭ ލެވެލް ކޮލިފިކޭޝަން

7500.00ރ

340.90ރ

56.82ރ

އެޑްވާންސް ސެޓްފިކެޓް

8590.00ރ

390.45ރ

65.08ރ

ޑިޕްލޮމާ

9570.00ރ

435.00ރ

72.50ރ

ޑިގްރީ

10940.00ރ

497.27ރ

82.88

މާސްޓަރސް ޑިގްރީ

12410.00ރ

564.09ރ

94.02ރ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު )މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާ ގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.( http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  9. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  12. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  13. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 24 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން، ކ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 25 އާއި 31 އާ ދެމެދު، ކ.އަތޮޅު މަދަރުސާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640036 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                                07 މުޙައްރަމް 1443                       

                                16 އޮގަސްޓް 2021

16 އޮގަސްޓް 2021