ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ECMS/456/2021/182
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 05 ސެޕްޓެންބަރު 2021 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުމަގުގެ އިރުމަތީފަރާތު ނަރުދަމާ ނިޒާމުގެ އޮފީހާއި އިންވެގެން ދެކުނަށްހުރި އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ

ފާމަސީ ހިންގުމަށް މިރަށު ބޮޑުމަގުގެ އިރުމަތީ ފަރާތު، ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި އިމާރާތް 10އަހަރުދުވަހުގެ މުއްދަތަށް، ކުއްޔަށް ދޫކުރުމަށް މިކައުންސިލުވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 އޮގަސްޓް 2021