ބީލަން
ނަންބަރު: (IUL)230-AHI/230/2021/23
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 24 އޮގަސްޓް 2021 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޫނުމޫސުމުގައި ބ. އަތޮޅުގެ މީހުންދިރިއުޅޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމާބެހޭ

              މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޫނުމޫސުމުގައި ބ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

              މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، 2021 އޯގަސްޓް  19ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މިކަމާގުޅޭ މައުލޫމާތު ކަރުދާސް ނަންގަވާ ރަޖިސްޓަރ ވާންވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

              މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2021‏ އޯގަސްޓް 24 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

              މި މަސައްކަތް ކޮށްދިނުމަށް ޕްރޮޕޯސަލް ހުށައަޅުއްވަންވާނީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކުން ނުވަތަ ކޯޕަރޭޓިވްސްއެއް، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް އޮތް ފަރާތަކުންނެވެ. އަދި ޕްރޮޕޯސަލާއެކު ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރިގެ ރަޖިސްޓްރީގެ ކޮޕީއާއި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ރަޖިސްޓްރީގެ ކޮޕީއާއި، ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލް އާއި މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް ހުށައަޅުއްވަންވާނެއެވެ. 

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 6602535 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              07 މުހައްރަމް 1443

15 އޮގަސްޓް 2021