ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2021/67
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 24 އޮގަސްޓް 2021 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Andhaasee hisaabu husha elhumuge dhauvathu

  1. މިރަށު ބޯޅަދނޑުގެ ދެކުނުން އަލަށް އާބާދުވާ ސަރަޙައްދުން 05 ރުއް ކަޑައި ނައްތާލަން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
15 އޮގަސްޓް 2021