މަސައްކަތް
ނަންބަރު: (IUL)FDC-P/1/2021/35
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 22:31
ސުންގަޑި: 18 އޮގަސްޓް 2021 09:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

މި އިޢުލާންވަނީ 16 އޮގަސްޓް 2021 09:30 ގައި ބާތިލް ކުރެވިފައެވެ.


މި ކޯޕަރޭޝަންގެ އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން، 18 އޯގަސްޓް 2021 ވަނަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ ލިންކަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

https://forms.office.com/r/TuGqFUmLm5

18 އޯގަސްޓް 2021 / 9:00 ގެ ކުރިން

މައުލޫމާތު ސެޝަން

ފަހި ދިރިއުޅުން ކޯޕަރޭޝަން، 6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

18 އޯގަސްޓް 2021/ 13:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، 6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

29 އޯގަސްޓް 2021/ 13:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މައުލޫމާތު ސެޝަނަށް ވަޑައިނުގެންނެވި ނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
  • ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވޭނީ ކޮންމެ ކުންފުންޏެއްގެ ފަރާތުން ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތަށެވެ.
  • ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
  • މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

15 އޮގަސްޓް 2021