ދިވެހިރާއްޖެ
އުސޫލު ނަންބަރު: (400/CIR/2017/4) (ހައްދުންމަތީ މާވަށު ރައްޔިތުންގެ ޕްރީސްކްލް އިމާރާތް ކުއްޔައްދިނުމުގެ އުސޫލް) އަށް 1 ވަނަ އިސްލާހް ގެނައުމުގެ އުސޫލް
އުސޫލު ނަންބަރު: 400/CIR/2017/04 (ހައްދުންމަތީ މާވަށު ރައްޔިތުންގެ ޕްރީސްކްލް އިމާރާތް ކުއްޔައްދިނުމުގެ އުސޫލް) އަށް، އަންނަނިވި އިސްލާހުތައް ގެނައުން،
1. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ(އިމާރާތް ކުއްޔައްދިނުން، ކުލި) (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.
އިމާރާތް ކުއްޔައްދިނުން، ކުލި |
3 |
(ހ) މިއުސޫލާއި އެޓޭޗް ކުރެވިފައިވާ ޗާޓުގައި، ފާހަގަކުރެވިފައިވާ އިމާރާތާއި، އެއިމާރާތުގެ ގޯތި ކުއްޔައްދޫކުރެވޭނީ ޖުމްލަ ދިހައަހަރު ދުވަހުގެ މުއްދަތަށެވެ. |
2. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ(އިމާރާތް ކުއްޔައްދިނުން، ކުލި) ތިރީގައި ނަކަލުކޮއްފައިވާ ނުކުތާ(ރ) އުނިކުރުން.
އިމާރާތް ކުއްޔައްދިނުން، ކުލި |
3 |
(ރ) މިއުސޫލާއި އެޓޭޗް ކުރެވިފައިވާ ޗާޓުގައި، ފާހަގަކުރެވިފައިވާ އިމާރާތާއި ގޯތި ކުއްޔައް ހިފާފަރާތުން، ކައުންސިލާއި ވެވޭ އެއްބަސްވުމުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި، 6 މަސްދުވަހުގެގެ ކުއްޔައްވާ ފައިސާ ކައުންސިލައް ދައްކަންވާނެއެވެ. މިފައިސާ އަނބުރާ ދެވޭނީ މިއުސޫލުގެ 6 ވަނަ ނަންބަރުގެ(ހ) ގައިވާ ގޮތަށް ގޯތީގެ ވަށާފާރު ރާނާ ނިންމުމުންނެއެވެ. |
3. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ(އިމާރާތް ކުއްޔައްދިނުން، ކުލި) (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.
އިމާރާތް ކުއްޔައްދިނުން، ކުލި |
3 |
(ބ) އިމާރާތަށް ކުލިދައްކަން ފަށަންޖެހޭނީ ކުއްޔައްހިފާ މަހުން ފެށިގެންނެއެވެ. |
4. ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ(ތަން ބެލެހެއްޓުމާއި ހިންދުމުގެ ޚަރަދުތަށް،ޚިދުމަތްތަށް) ތިރީގައި ނަކަލުކޮއްފައިވާ ނުކުތާ(ހ) އުނިކުރުން.
ތަން ބެލެހެއްޓުމާއި ހިންދުމުގެ ޚަރަދުތަށް،ޚިދުމަތްތަށް |
6 |
(ހ) މިއުސޫލާއި އެޓޭޗްކުރެވިފައވާ ޗާޓުގައި، ފާހަގަ ކުރެވިފައިވާ އިމާރާތުގެ ގޯތީގެ ވަށާފާރު، ކުއްޔައް ނަގާތާ ގިނަވެގެން 6 މަސްދުވަސްތެރޭ، ތިރިވެގެން 3 ފޫޓަށް ރާނާސިމެންޓި ޖެހުމަކީ ބިންކުއްޔައް ނަގާފަރާތުން ކުރަންޖެހޭކަމެކެވެ. އަދި ވަށާފާރު ރާނައި ސިމެންތި ޖަހަންޖެހޭނީ މިފަދަ މަސައްކަތްތަކުގެ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް، ކައުންސިލްގެ ލަފާގެ މަތިންނެވެ. |