މަސައްކަތް
ނަންބަރު: (IUL)219-CS/1/2021/16
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 24 އޮގަސްޓް 2021 13:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރި އިއުލާން ނަންބަރ (IUL)219-CS/1/2021/15) އަށް ބިޑް ހުށައަޅާފައިވާ ފަރާއްތަކުގެ ޝަރުތު ހަމަނުވާތީ އިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރުން

މި އިޢުލާންވަނީ 19 އޮގަސްޓް 2021 14:24 ގައި ބާތިލް ކުރެވިފައެވެ.


މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް – ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ)

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއެވެ. މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ އާރު.އެފް.ޕީގައި ބަޔާން ކުރެވިފައިވާނެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

ކުންފުނީގެ ނަން

ގުޅޭނެ ފޯނު ނަންބަރު

އީމެއިލް އެޑްރެސް

މެއިލް ފޮނުވާ ފަރާތުގެ ނަން

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ..

15 އޮގަސްޓް 2021

15 އޮގަސްޓް 2021