ދިވެހިރާއްޖެ
1435 ވަނަ އަހަރުގެ ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ދިވެހި ޙާފިޡުން ހޯދުމަށް ބޭނުންވެއެވެ. އިމާމުވެ ތަރާވީޙު ނަމާދު ކުރާ މީހަކަށް ކޮންމެ ރެއަކަށް 400.00 ރުފިޔާގެ އެލަވަންސް އެއްދެވޭނެއެވެ. މިގޮތުން ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ރެއަކަށް މިސްކިތަކަށް 1 ޙާފިޡަށެވެ.
ވީމާ، 22 ޖޫން 2014( އާދީއްތަ ) ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
ސިޓީއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ޙާފިޡްކަމުގެ ސަނަދުގެ ކޮޕީ
- ޙިފްޡްކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރައްވަން ބޭނުންފުޅުވާ ރަށުގެ ނަން އަދި މިސްކިތުގެ ނަން ހިމަނަން ވާނެއެވެ.
ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރާ ފަރާތްތަކަށް ފައިސާ ދިނުމާބެހޭ ގޮތުން މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު (IUL)142-A1/1/2014/28 23 މާރިޗު 2014 އިޢުލާނާ ގުޅިގެން ހުއްދަ ނަންގަވާފައިވާ ދިވެހި ޙާފިޡުން އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.