ދިވެހިރާއްޖެ
އިޢުލާން
އޭސީ ސަރވިސްކުރުން
މަސްޖިދުލް ޢުލާ އާއި މަސްޖިދުލް އަމާނާ އާއި ހިނަވާގެ އާއި ކައުންސިލް އިދާރާގެ އެއާކޯންތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ސަރވިސްކުރަން ބޭނުންވާ އޭސީތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
| 
 މަސްޖިދުލް ޢުލާ  | 
|
| 
 24 ހާސް ބީޓީޔޫ  | 
 10 އޭސީ  | 
| 
 މަސްޖިދުލް އަމާނާ  | 
|
| 
 24 ހާސް ބީޓީޔޫ  | 
 02 އޭސީ  | 
| 
 12 ހާސް ބީޓީޔޫ  | 
 01 އޭސީ  | 
| 
 ކައުންސިލްގެ އިދާރާ  | 
|
| 
 12 ހާސް ބީޓީޔޫ  | 
 04 އޭސީ  | 
| 
 ހިނަވާގެ  | 
|
| 
 24 ހާސް ބީޓީޔޫ  | 
 01 އޭސީ  | 
މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2021 އޯގަސްޓް 18 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ. މިމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"މިސްކިތްތަކާއި ކައުންސިލް އިދާރާގެ އޭސީތައް މަރާމާތުކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ރ. މަޑުއްވަރި، ދިވެހިރާއްޖެ
- · ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 
- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- ކުންފުނީގެ ޕްރޮފައިލް
- ތަޖުރިބާގެ ލިޔުންތައް
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- މަސައްކަތު ތާވަލު
- · މާކްސް ދެވޭގޮތުގެ ތަފްސީލު:
 
- މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
 
- އަގު %85
- މުއްދަތު
- ތަޖުރިބާ %5
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 - ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
 
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 އޮގަސްޓް 17 ވާ އަންގާ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.