ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)420-AS/420/2021/14
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 19 އޮގަސްޓް 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ގެ ފުރުސަތު

ގދ. ރަތަފަންދޫއިޖުތިމާޢީ ގުރޫޕްގައި ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 01 އަހަރުދުވަހުގެމުއްދަތަށް މަސައްކަތްކޮށްދޭނެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

މަޤާމް:

ސްޕަވައިޒަރ

ބޭނުންވާ ޢަދަދު:

01(އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖު އެމްޕްލޯއީ )

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމު އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ރަތަފަންދޫ އިޖުތިމާޢީ ސަރަހައްދު

   

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/23( ތޭވީސް ރުފިޔާ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު

5 ގަޑިއިރު (މިވަގުތު ހަމަޖައްސާނީ ކައުންސިލާއި،މަސައްކަތަށް ހޮވޭ ފަރާތްތަކާ ދެމެދު މަޝްވަރާކޮށްގެންނެވެ. )

   

މަޤާމުގެ މަސްއޫލިއްޔަތު:

1 – ރަތަފަންދޫ އިޖުތިމާޢީ ސަރަޙައްދުގެ ގޮތުގައި ހިމެނޭ ތަންތަން ކުނިކަހާ ސާފުކުރުވުމުގެ މަސައްކަތް މަސައްކަތު މީހުންލައްވާ ކުރުވުމާއެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން

2- މަސައްކަތު މީހުންގެ ޙާޟިރީ ޤަވާޢިދުން ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

 ކައުންސިލް އިދާރާއިންދެވޭ އިރުޝާދުތަކާއެކު މަސައްކަތް ހިންގޭފަދަ ޤާބިލްކަމެއް ލިބިފައިވުން  މީގެ އިތުރުން ބަޔަކު ގޮވައިގެން މަސައްކަތް ކުރެވޭ ފެންވަރުގެ މީހެއްކަމުގައިވުން

 ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 19 ވާ ބުރާސްފަތި ދުވަހުގެ13.00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ  އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

                      15 އޮގަސްޓް 2021

15 އޮގަސްޓް 2021