ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-2A/426/2021/271
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 22 އޮގަސްޓް 2021 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (މަސައްކަތު)

މަޤާމު

މަސައްކަތު

މަޤާމުގެ ގިންތި އާއި މުއްދަތު

  • ވަގުތީ (31 ޑިސެންބަރު 2120 ގެ ނިޔަލަށް)

މަސައްކަތުގެ ޝަރުތު

  • ލިޔަންކިޔަން އެނގުން.
  • ޢުމުރުން 65 އަހަރުވެފައިވާ މީހަކު ކަމުގައިނުވުން.

މަސައްކަތުގެ އުޖޫރަ

  • މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 45.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ހިތަދޫ އަވަށު މިސްކިތްތައް، ހިތަދޫ / އައްޑޫ  

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރެވޭ މިސްކިތެއް / މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން.
  3. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން.
  4. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށުމާއި ސާފުކޮށްބަލަހައްޓައި، ގަސްތަކަށް ފެންދީހެދުން.
  6. މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި ދިޔަދޮވި ސާފުކުރުންފަދަ މަސައްކަތްކުރުން.
  7. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  8.  މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 22 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮގަސްޓް 29 އާއި 2021 ސެޕްޓެންބަރު 02 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.

04 މުޙައްރަމް  1443

 

12 އޮގަސްޓް 2021