ދިވެހިރާއްޖެ
| މަޤާމް: | ސްޕޯރޓް ސުޕަވައިޒަރ | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި | ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން | 
| މަޤާމުގެ ރޭންކް | ޖީއެސް 4 | 
| މުއްދަތު | 6 މަސް ދުވަސް | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ޢާޒީ ސްކޫލް / ހުޅުމާލެ | 
| މުސާރަ: | މަހަކު -/6520 ރުފިޔާ | 
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް، ސްކޫލުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
- ދަރިވަރުންނަށް ނެގޭ ޕީ.އީ. ގަޑިތައް ކުރިއަށްގެންދިއުމުގައި ޕީ.އީ.ޓީޗަރަށް އެހީތެރިވުމާއި، ޕީ.އީ.ޓީޗަރ ނެތް ޙާލަތްތަކުގައި ޕީ.އީ. ގަޑިތައް ނެގުން.
- ސްކޫލްގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯރޓްސް ކްލަބާ ގުޅިގެން އިންތިޒާމްކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތް އިންތިޒާމްކޮށް ރާވައި ހިންގުން.
- ސްޕޯރޓްސްއަށް ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ކުޅިވަރުކުޅުމަށް ބޭނުންވާ ސާމާނު، ބަޖެޓް ސެކްޝަނަށް ހުށަހަޅައިގެން ހޯދުން.
- ސްކޫލްގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ރިކޯޑްސް ބެލެހެއްޓުން.
- ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.
- އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އަތޮޅު މުބާރާތްތަކާއި، ޤައުމީ މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމް ރާވައި ހިންގުން.
- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ސްޕޯރޓްސް ހަރަކާރްތަކާއި ޕީ.އީ. ހަރަކާތްތަކުގެ ރިޕޯރޓް ތައްޔާރުކޮށް ޕްރިންސިޕަލަށް ހުށަހެޅުން.
- ހަވާލު ކުރެވިފައިވާ ގްރޭޑްތަކުގެ ޕީ.އީ ސްކީމްތައް ޗެކްކުރުން.
- ސްކީމްގައިވާ ސްކިލްސްތަކާއި ހުނަރުތައް ކުރިޔަށްގެންދިއުމުގައި ޓީޗަރުންނަށް އެހީތެރިވެދިނުން.
- ޕީ.އީ އަށް ބޭނުންކުރެވޭ ސާމާނުތައް ރަނގަޅަށް ބެލެހެއްޓުމާއެކު މި ތަކެތި ގެންގުޅެވޭނެ ގޮތާއިމެދު ޓީޗަރުންނަށް ލަފާދިނުން.
- ޕީ.އީ އަށް ބޭނުންވާ ސާމާނުތައް ޓީޗަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ސްކޫލުގެ ދަރިވަރުން ބައިވެރިވާ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލެވޭ ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރި ކުރުވުން.
- އިންޓަރ ހައުސް އަދި އިންޓަރ ކުލާސް މުބާރަތްތަކުގައި ޓީޗަރުން އެހީތެރިވެދީ އެމުބާރާތްތަކުގެ އިންތިޒާމްތައް ބެލެހެއްޓުން.
- މީގެ އިތުރުންވެސް ދަރިވަރުނާނާއި ގުޅުންހުރި އިދާރީ މަސައްކަތް ކުރުން.
- 1. މަޤާމުގެ ޝަރުތުތައް:
| މަޤާމުގެ ޝަރުތުތައް: 
 | 
| 
 
 | ||||||||||||||||
| 
 | ||||||||||||||||
07 މުޙައްރަމް 1443
15 އޮގަސްޓް 2021